ހޮނިހިރު 30 މެއި 2020
11 ރޯނު
1441 ޝައްވާލް 07
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:33
ލުއްކާ ޗުޕީ

ލުއްކާ ޗުއްޕީ ދޭއް ހަދަނީ

  • ފިލްމުގައި ފެނިގެންދާނީ ވަރިވުމަށް ފަހު ހިނގާ ކަންތައްތަކެއް

ކ. މާލެ | 30 ސެޕްޓެންބަރ 2019 | ހޯމަ 10:09 | 1,879

ލުއްކާ ޗުފީގެ ދެ ތަރިން: ކާތިކް އާއި ކްރިތީ - ފޭސްބުކް

މި އަހަރުގެ މާޗް މަހުގެ ނެރެނު ހެއްވާ މަޖާ ފިލްމު ލުއްކާ ޗުޕީގެ ދެވަނަ ފިލްމެއް ހެދުމުގެ މަސައްކަތް ކުރާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ބުނެފިއެވެ.

ކްރިތީ ސަނޯން އާއި ކާތިކް އަރްޔަންގެ އިތުރުން އަޕަރްޝަކްތީ ހުރާނާ ހަރަކާތްތެރިވާ އެ ފިލްމަކީ ލޯބީގެ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

އެ ފިލްމުގެ ދެވަނަ ބައެއް ހެދުމާއި ބެހޭ ގޮތުން ވިޖަން ބުނެފައިވަނީ ފިލްމުގެ ސީކުއެލް ލިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ފަހަރުގެ ފިލްމުގައި ފެނިގެންދާނީ ދެބައެއްގެ މެދުގައި ހިނގާ ވަރީގެ ހާދިސާއެކެވެ. އޭނާ ބުނީ، ފިލްމުގައި ފެނިގެންދާނީ، އާއިލާގެ މީހުންނަށް ނޭނގި ދެމަފިރިއަކު ވަރިވުމަށް ފަހު ހިނގާ ހެއްވާ މަޖާ ކަންތައްތަކެއް ކަމަށެވެ. ވިަން ބުނީ، ފިލްމުގެ އަސްލު ކާސްޓުންގެ އިތުރުން އާ މޫނުތަކެއް ފެނިގެންދާނެ ކަމަށެވެ.

އެ ފިލްމުގައި ހަރަކާތްތެރެވި ކްރީތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ހައުސްފުލް ހަތަރަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.