ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 13:01
މޮރޮކޯގެ ކަސަބްލަންކާ: ފަގީރު ހާލަތަށް ވެއްޓިދާނެކަމުގެ ބިރުވެރިކަމުގައި
މޮރޮކޯގެ ކަސަބްލަންކާ: ފަގީރު ހާލަތަށް ވެއްޓިދާނެކަމުގެ ބިރުވެރިކަމުގައި
އޭޕީ
މޮރޮކޯއަށް އެހީ ދިނުން
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
 
5.3 މިލިއަން މީހުން ދިރިއުޅެމުން ގެންދަނީ އަނެއްކާވެސް ފަގީރު ހާލަތަށް ވެއްޓިދާނެކަމުގެ ބިރުވެރިކަމުގައި

އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯގެ ކުދި ވިޔަފާރިތަކަށް އެހީވެ އެ ގައުމުގެ އިޖުތިމާއީ ޕްރޮގްރާމަށް ކުރިއެރުވުމަށް 150 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ހުކުރު ދުވަހު އެ ބޭންކުން ނިންމި ނިންމުމާއެކު މޮރޮކޯގައި ކާކުކަން އަންގައިދޭ ސިސްޓަމް ތަރައްގީކޮށް އުފެއްދުންތެރިކަން އިތުރުކޮށް ވަޒީފާ އިތުރުކުރުމަށް އެހީއަކަށް ވާނެ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި އިގްތިސާދީ، އިޖްތިމާއީ ހާލަތުގެ ސަބަބުން މޮރޮކޯގެ 5.3 މިލިއަން މީހުން ދިރިއުޅެމުން ގެންދަނީ އަނެއްކާވެސް ފަގީރު ހާލަތަށް ވެއްޓިދާނެކަމުގެ ބިރުވެރިކަމުގައެވެ.

ހުކުރުދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ "100 މިލިއަން ޑޮލަރު ޚަރަދު ކުރާނީ އިޖުތިމާއީ ޕްރޮގްރާމް ތަކަކީ އެންމެ ނާޒުކު ހާލަތުގައިވާ ފަރާތްތަކާ ހަމައަށް ފުރިހަމައަށް ފޯރާ ޕްރޮގްރާމެއްކަން ކަށަވަރުކޮށް  ތަރައްގީ ކުރުމަށް"ކަމަށެވެ.

"ބާކީ 50 މިލިއަން ޑޮލަރު ހޭދަ ކުރާނީ އުފެއްދުން ތެރި ޒުވާނުން ނަށް އިކުއިޓީ ދީ ކުދި އަދި މެދުފަންރީގެ ވިޔަފާރި ތަކަށް އެހީވުމަށް" ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް