ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 00:10
ސިމްބޮލިކްގެ ފަންނާނުން ތަކެއް
ސިމްބޮލިކްގެ ފަންނާނުން ތަކެއް
ސިމްބޮލިކް ރިކޯޑްސް
ސިމްބަލިކް ރިކޯޑްސް
ސައުންޑްކްލައުޑުން މިލިއަން ޕްލޭޒް ލިބުނު ފުރަތަމަ ދިވެހި ލަވަޔަކަށް ''ވާނަން އުމުރަށް''!
 
ލަވަ ނެރެފައިވަނީ 2018 ވަަނަ އަހަރު
 
ލަވަ ކިޔާފައިވަނީ ޕެސްޓު އާއި ޒިޔާ

ސައުންޑްކްލައުޑްސް އިން މިލިއަން ޕްލޭޒް ލިބުނު ފުރަތަމަ ރާއްޖޭގެ އެންމެ ބޮޑު މިއުޒިކް ލޭބަލް، ސިމްބޮލިކް ރިކޯޑްސްގެ''ވާނަން އުމުރަށް''ހިމެނިއްޖެއެވެ.

އާދިއްތަ ދުވަހު ސިމްބޮލިކް ރިކޯޑްސްގެ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެެއްގައި ބުނީ، 2018 ވަނަ އަހަރު އެ ޕްރޮޑަކްޝަނުން ނެރުނު ވާނަން އުމުރަށް ލަވަޔަށް ސައުންޑް ކްލައުޑްގައި މިލިއަން ޕްލޭޒް ލިބިފައިވާ ކަމަށެވެ. އަދި ފުރަތަމަ ދިވެހި ރިކޯޑް ލޭބަލް އަކަށް އެންމެ ގިނަ ވިއުޒް ސައުންޑް ކްލައިޑުން ލިބިފައިވަނީ ވެސް ސިމްބޮލިކް އަށެވެ. އެއީ ދިހަހާސް މިލިއަން ވިއުޒްއެެވެ. އެލަވަޔަށް ޔޫޓީއުބް ގައި ދެލައްކަ އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

ސިމްބޮލިކްސް އިން ހޯދި ކާމިޔާބީއާ ބެހޭ ގޮތުން އެ ޕްރޮޑަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު ( އޭޑީ) ބުނީ، އެ ކާމިޔާބީގެ ސިއްރަކީ ފޭނުން ކަމަށެވެ. އޭޑީ ބުނީ، މި އަހަރު އިތުރު އަލްބަމެއް ނެރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ޓޯއި އާއި ޒިޔާ ކިޔާފައިވާ ވާނަން އުމުރަށް ލަވާގައި ދައްކުވައިދެނީ ލޯބިވެގެން އުޅޭ ދެ ބައެއްގެ ދޭތެރަށް އިތުރު މީހަކު ވަނދެ އަންހެން ކުއްޖާގެ ލޯބި ހޯދަން ކުރާ މަސައްކަަތެވެ.

ސިމްބޮލިކްސް އިން އެންމެ ފަހުން ނެރެފައިވަނީ ޕެސްޓު އާއި ޖަހުލު ކިޔާފައިވާ ''ނުވޭބާ'' ލަވައެވެ. އެ ޕްރޮޑަކްޝަނުން ވަނީ ފުރަތަމަ ދިވެހި ސޯލޯ ހިޕްހޮޕް އަލްބަމް "މާރޯކާ" މި އަހަރު އޮގަސްޓު މަހު ނެރެފައެވެ. އެ އަލްބަމަކީ، ލޯތްބާއި، ބިރުވެރިކަމާއި، ސިޔާސީ ކަންކަމާއި، އިޖުތިމާއީ މައްސަލަތައް ފަދަ އެކި މައުލޫޢުތަކަށް ތައްޔާރުކޮށްފައިވާ އަލްބަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
22%
8%
22%
22%
14%
ކޮމެންޓް
16 ޖުލައި 2020 | ބުރާސްފަތި 09:16
ވިސްނާ ފިކުރު ކޮއްލައްވާ
ލަވަ އިން ތިލި ބޭ އުފާ ތީ ހިދުކޮޅެއް ގެ ކަމެއް.އޭއިންސާނާ އެވެ. ތި ބާ އަދިވެސް ހޭލާކަށް ނުވޭ ހެއްޔެވެ.އެ ދުވަހުން ތި ބާ ބުނާނެއެވެ ބިމުގެ ވެއްޔަށް ވި ނަމަ ކިހާ ރަނގަޅު ބިސް ހެއްޔެވެ.