ބުދަ 25 ނޮވެންބަރު 2020
12 ނޮރަ
1442 ރަބީޢުލްއާޚިރު 09
ފަތިސް 04:38
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:17
އިރުއޮއްސޭ 17:52
އިޝާ 19:08
މޯލްޑިވްސް އިކޮނޮމިކް ރިވިއު

މޯލްޑިވްސް އިކޮނޮމިކް ރިވިއު މަޖައްލާ އިފްތިތާހުކޮށްފި

  • އާތިފް ޝަކޫރު ވިދާޅުވީ މި މަޖައްލާ ނެރުމުގެ ހުވަފެން ދެކޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް
  • މަޖައްލާ ނެރުމުގެ މަގުސަދަކީ ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން ގިނަ ލިޔުންތަކެއް މުޖުތަމައަށް ނެރުން

ކ. މާލެ | 29 ސެޕްޓެންބަރ 2019 | އާދީއްތަ 22:36 | 2,902

މަޖައްލާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ކޯ-ފައުންޑަރ އާތިފް ޝަކޫރު ވާހަކަދައްކަވަނީ - އާކައިވް

ވިޔަފާރިއާއި އިގްތިސާދުގެ ތަފާތު ހަބަރުތައް އެކުލެވިގެންދާ "މޯލްޑިވްސް އިކޮނޮމިކް ރިވިއު" މަޖައްލާ އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ

މަޖައްލާގެ ކޯ-ފައުންޑަރ އަދި އެޑިޓަރ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ މި މަޖައްލާ ނެރުމުގެ ހުވަފެން ދެކޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި މަޖައްލާ ނެރުމުގެ މަގުސަދަކީ ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން ދިރާސާ ކޮށްގެން ގިނަ ލިޔުންތަކެއް މުޖުތަމައަށް ނެރުން ކަމަށެވެ.

އާތިފް ވިދާޅުވީ މި މަޖައްލާގެ ސަބަބުން ނޫސްވެރިންގެ އިތުރުން ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކަށްވެސް ފަސޭހަ ތަކެއް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން، ވިޔަފާރީގެ ދާއިރާގައި ހިމެނޭ ބައެއް ދާއިރާތައް ކަމަށްވާ ގެސްޓްހައުސް ވިޔަފާރިއާއި އެކްސްޗޭންޖް ރޭޓާއި ބެހޭގޮތުން ބައެއް ލިޔުންތައް، މަޖައްލާގެ ތެރޭގައި ހިމެނިފައިވާނެކަމަށް އާތިފް ވިދާޅުވިއެވެ. އަދި ވެބްސައިޓުގެ އިތުރުން އަހަރަކު ހަތަރު ފަހަރު ޕަބްލިޝްޑް ޖާނަލްއެއް ނެރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ އުންމީދަކީ ލިޔުންތެރިކަމުގެ އިތުރުން ދިރާސާ ކުރުމުގެ މަސައްކަތް އިތުރު ފަރާތްތަކުންވެސް ކުރުމަށް ޝައުގުވެރިވެގެންދިއުމެވެ. ލިޔުމުގެ ރޮނގުން ހުނަރު ލިބިފައިވާ އެތަކެއް ފަރާތްތަކެއް ރާއްޖޭގައި އުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގިނަ ބޭފުޅުން އުޅުއްވާ ރަނގަޅު ހިޔާލު ގެންގުޅުއްވާ ބޭފުޅުން، އެ ހިޔާލުތައް ޕަބްލިކޭޝަންއާއި ހަމައަށް ގެނެސްދެއްވައިފިއްޔާ، އަޅުގަނޑުމެން އެބޭފުޅުންނާ ބައިވެރިވާނަމޭ، އޭރުން ރާއްޖޭގެ ހާލަތާއި އިގްތިސާދާއި ބެހޭގޮތުން ދިރާސާތައް ކުރަން ތިބި ބޭރުމީހުންނަށްވެސް ވަރަށްބޮޑު އެހީތެރިކަމަކަށް ވާނެ

~ އާތިފް ޝަކޫރް

މި މަޖައްލާ ނެރުމުގެ މަސައްކަތުގައި އާތިފް ޝަކޫރުގެ އިތުރުން ދެން އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.