ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 20:00
ލުއިސް ސުއަރޭޒް
ލުއިސް ސުއަރޭޒް
ގޯލް.ކޮމް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: 10 ކުޅުންތެރިންނާއެކު ކުޅުނު ބާސެލޯނާއިން ގެޓާފޭ ބަލިކޮށްފި
 
މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުން

ސްޕެނިޝް ލަލީގާގައި 10 ކުޅުންތެރުންނާއިއެކު ކުޅުނު ބާސެލޯނާއިން ގެޓާފޭ ފަސޭހަ ކަމާއިއެކު ބަލިކޮށްފިއެވެ.

މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ނުލާ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަނީ ގިނަ ގެޓާފޭގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާ ތަކެއް އުފައްދައިފައެވެ. އެ ގޮތުން ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް ވަނީ މި ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި 41 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ބާސެލޯނާއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ބާސެލޯނާއަށް ކާމިޔާބު ކޮށްދިނީ ފިރްޕޯ ޖޫނިއާ އެވެ.

މި ލަނޑަށްފަހު ވެސް ބާސެލޯނާއިން ވަނީ ގެޓާފޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 70 މިނެޓުގައި ބާސެލޯނާގެ ގްރީޒްމަން ފޮނުވާލި ބޯޅަ ހުށިޔާރު ކަމާއެކު ގެޓާފޭގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާ އާއެކު ބާސެލޯނާ އޮތީ ލިބުނު 13 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް 15 ޕޮއިންޓް

ލިބިފައިވާއިރު މެޗުން ބަލިވި ގެޓާފޭ އޮތީ 7 ޕޮއިންޓާއެކު ލީގު ތާވަލުގެ 13 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް