ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 19:14
އަކްރަމް
އަކްރަމް
ސޯޝަލް މީޑިއާ
ދިރާގު ދިވެހި ޕްރިމިއާ ލީގު
ވިކްޓްރީ ބަލިކޮށް ޓީސީ އިން ދެވެނަ ބުރުގެ ފެށުން ރަނގަޅުކޮށްފި
 
މި މެޗު ޓީސީ އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުން

ދިރާގު ދިވެހި ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށް ޓީސީ އިން ދެވަނަ ބުރުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މި މެޗު ޓީސީ އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީ އިން ވަނީ ވިކްޓްރީގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން ޓީސީގެ ނޭޕާލް ކުޅުންތެރިޔާ އަދި އަކްރަމް އަބްދުލް ޢަނީ އަށް މި ހާފުގައި ވަނީ ރަނުގެ ހަމަލާތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓީސީއިން ވަނީ ފުލުފުލުގައި ވިކްޓްރީގެ ގޯލަށް ހަމަލާތައް އުފައްދައިފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޓީސީ އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަކްރަމެވެ. އޭނާ މި ލަނަޑު ކާމިޔާބުކުރީ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހީމް (ސައްޓު) ގެ އެހީތެރިކަމާއި އެކުގައެވެ.

ޓީސީ އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ސައްޓު ކާމިޔާބުކުރި އިރު މެޗުގައި ޓީސީއިން ކާމިޔާބުކުރި ތިން ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ސައްޓުއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވިކްޓްރީގެ ކޯޗު އާދަމް އަބްދުއް ލަތީފް (ލައްޗެ) ބުނީ ވިކްޓްރީގެ ޓީމުގައި ގިނައިން ހިމެނެނީ ޒުވާން ގައުމީ ޓީމުތަކުގެ ކުޅުންތެރިން ކަމުން

އެކުޅުންތެރިން މި ވަގުތު މާލޭގައި ނެތުމުން މެޗުގައި އެކަން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް