ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 19:09
ރިޔާޒް މަހްރޭޒް
ރިޔާޒް މަހްރޭޒް
ގޯލް.ކޮމް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: އެވެޓަން ބަލިކޮށް ސިޓީއިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފި
 
މި މެޗު ސިޓީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ބަލިކޮށް މެންޗެސްޓާ ސިޓީއިން ލީގު ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ.

އެވެޓަންގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ސިޓީ އިން ވަނީ ބޯޅަ ކޮންޓްރޯލް ގިނަ ހަމަލާތަކެއް އެވެޓަންގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ސިޓީއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސުސް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކެވިން ޑިބްރައިނާގެ އެހީތެރިކަމާއެކުގައެވެ.

ލަނޑަށްފަހު ވެސް ސިޓީއިން ވަނީ ފުލުފުލުގައި އެވެޓަންގެ ގޯލަށް ހަމަލާތަކެއް އުފައްދައިފައެވެ. ނަމަވެސް މެޗުގެ 33 ވަނަ މިނެޓުގައި އެވެޓަންއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަލްވާޓް ލެވިން އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާ އަކުން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ސިޓީއިން ވަނީ ލަނޑެއް ޖަހާ އަލުން ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރިޔާޒް މަހްރޭޒް އެވެ. މި ލަނޑަށް ފަހު ވެސް ސިޓީ އިން ވަނީ ގިނަ ހަމަލާތަކެއް އެވެޓަންގެ ގޯލަށް ފޮނުވައިލައިފައެވެ. މެޗުގެ 84 ވަނަ މިނެޓުގައި ސިޓީއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓާލިންގް އެވެ.

މި ނަތީޖާ އާއި އެކު ސިޓީން ވަނީ ލީގު ތާވަލުގެ ދެވަނައިގައި އޮތީ 16 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި ލިވަރޕޫލުން 21 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނައިގައި އޮތް ވެސްޓް ހަމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް