ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 19:14
ޝެފިލްޑް ޔުނައިޓެޑާއި ލިވަރޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ޝެފިލްޑް ޔުނައިޓެޑާއި ލިވަރޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ގޯލް.ކޮމް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ހަނި ގޮތަކަށް ޝެފިލްޑް އަތުން މޮޅުވެ ލިވަރޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި
 
މި މެޗު ލިވަރޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހަނި ގޮތަކަށް ޝެފިލްޑް ޔުނައިޓެޑް އަތުން މޮޅުވެ ލިވަރޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ޝެފިލްޑް ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަރޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ދެޓީމަށްވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މި ހާފުގައި ލިވަރޕޫލުގެ މުހައްމަދު ސަލާހް ފޮނުވާލި ހަމަލާއެއް ޝެފިލްޑް ޔުނައިޓެޑްގެ ކީޕަރު ވަނީ ފަސޭހަ ކަމާއިއެކު ދިފާއު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަރޕޫލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓީމުގެ އެޓޭކްތައް ވަރުގަދަ ކުރިއެވެ. އެގޮތުން މި ހާފުގައި ލިވަރޕޫލުގެ ފޯވާޑުން ވަނީ ފުލުފުލުގައި ޝެފިލްޑް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މާނޭ އޭރިޔާ ތެރެއިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލާއި އަމާޒު ވެފައެއް ނުވެއެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ލިވަރޕޫލުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.

މި ނަތީޖާއާއި އެކު ލިވަރޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި 21 ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 16 ޕޮއިންޓާ އެކުގައެވެ. އަދި ތިން ވަނައިގައި އޮތް ވެސްޓް ހަމް ޔުނައިޓެޑަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް