ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 19:14
ޔުވެންޓަސްގެ ޕިޖެނިކް
ޔުވެންޓަސްގެ ޕިޖެނިކް
ގޯލް.ކޮމް
ީއިޓާލިއަން ލީގު
އިޓާލިއަން ލީގު: ސްޕެލް ބަލިކޮށް ޔުވެންޓަސް ލީގުގެ އެއްވަނަ އަށް އެރުމުގެ އުންމީީދުގައި
 
މި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ފަސޭހަ ކަމާއިއެކު ސްޕެލް ބަލިކޮށް ޔުވެންޓަސް ލީގުގެ އެއްވަނަ އަށް އެރުމުގެ އުންމީދު އާކޮށްފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ޔުވެންޓަސް ގެ ކުޅުންތެރިން ވަނީ ސްޕެލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މިޑްފިލްޑަރ ސާމީ ކެދީރާ ފޮނުވާލި ބާރު ހަމަލާއެއް ސްޕެލްގެ ކީޕަރު ހުށިޔާރު ކަމާއިއެކު ދިފާއު ކޮށްފައިވާއިރު ކްރިސްޓިއާނޯ ރޮނާލްޑޯ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލާއި އަމާޒު ނުވެ ވަނީ ބޭރު ވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 45 ވަނަ މިނެޓުގައި ކެދީރާގެ އެހީތެރިކަމާއި އެކު ޕިޖެނިކް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް ކުޅުންތެރިންގެ ފަރާތުން މޮޅު އެޓޭކިންގް ގޭމެއް ފެނިގެންދިޔަ އިރު މި ހާފުގައި ޔުވެންޓަސް ކުޅުންތެރިން ވަނީ ސްޕެލްގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދައިފައެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓުގައި

ޔުވެންޓަސް އިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ދިބޭލާގެ އެހީތެރިކަމާއި އެކު ރޮނާލްޑޯއެވެ.

މި ނަތީޖާއާއި އެކު ޔުވެންޓަސް އޮތީ ލިބުނު 16 ޕޮއިންޓާއި އެކު ލީގު ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ސްޕެލް އޮތީ ސްޕެލް އޮތީ 3 ޕޮއިންޓާއެކު ލީގު ތާވަލުގެ 19 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް