ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 17:51
ރާއްޖެ އަދި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އަދި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ސާފް ޗެމްޕިއަންޝިޕް
ބޫޓާން ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމު ސާފް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދައިދި
 
މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޮވަން ކުޅުނު މެޗުން ބޫޓާން ބަލިކޮށް، ރާއްޖޭގެ ޒުވާން ޓީމުން މެޑައްޔެއް ހޯދައިފިއެވެ.

މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ރާއްޖެއިން ބޯޅަ ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) ވަނީ ބޫޓާންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބާރު ހަމަލާއެއް ބޫޓާންގެ ގޯލަށް ފޮނުވައިލައިފައެވެ. މި ހަމަލާއަށް ފަހުވެސް ރާއްޖޭގެ ޓީމުން ވަނީ ފުލުފުލުގައި ބޫޓާނުގެ ގޯލަށް ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށްވީ ބޫޓާންގެ ކީޕަރެވެ. މި މެޗުގައި ބޫޓާންގެ ކީޕަރުވަނީ ރާއްޖެއިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުށިޔާރުކަމާއެކީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން އިތުރަށް ރަނގަޅުކޮށް ބޫޓާނުގެ ހާފަށް ވަނީ ނުރައްކާ ކޮށްފައެވެ. މެޗުގެ ދެވަނަ ހާފުފައި ރާއްޖޭގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ގޯލާއި އަމާޒުވެފައި ނުވާއިރު މި ހާފުގައި ބޫޓާނުން ވަނީ ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅެފައެވެ. މި ހާފުގައި ބޫޓާނުން ވެސް ވަނީ ކައުންޓަރ ގައި ރާއްޖޭގެ ކޮޅަށް ހަމަލާ އުފައްދައިފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ރާއްޖޭގެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އިމްރާން (މެސީ)އެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މިއީ ރާއްޖޭގެ ޓީމުން މި މުބާރާތުގެ މެޑައްޔެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް