ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 11:59
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)
ތަހާރަތު މުހައްމަދު ވަހީދު
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ހަނީފް ޑީޕޯޓް ކޮށްލީ ގާނޫނާއި ޚިލާފުވުމުން، ކުށުގެ ހައިޕްރޮފައިލް މީހެއްކަން ކުރިއަކުން ނޭނގެ: ކޮންޓްރޯލަރ
 
ތަކުރާރު ނުވާނެ ގޮތަށް ގާނޫނާއި ޚިލާފުވާ ބިދޭސީން ހައްޔަރު ކުރުމަށްފަހު ތަހުގީގު ކުރާނެ
 
ސަމާލުކަމަށް އެކަން އައީ ޑީޕޯޓް ކޮށްލުމަށްފަހު އެކަން ހާމަކުރުމުން
 
އިމިގްރޭޝަނުން އެޅި ފިޔަވަޅަކީ ކުރިންވެސް އަމަލު ކުރަމުން އަންނަ އުސޫލަށް ޑީޕޯޓް ކުރުން

މަނީލޯންޑާ ކުރުމާއި އެނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވި ޑީޕޯޓް ކޮށްލި ބަންގްލަދޭޝް އަބޫ ހަނީފް ފުރުވާލީ އޭނާ ގާނޫނާއި ޚިލާފު ވުމުން ކަމަށާއި ކުށްތަކުގެ ބޮޑެއްކަން ކުރިއަކުން އެއްވެސް ތަހުގީގު އިދާރާއަކުން އަންގާފައި ނުވާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ ރާއްޖެއެމްވީއަށް ވިދާޅުވީ އަބޫ ހަނީފް ގާނޫނާއި ޚިލާފުވެފައިވާ ކަން ވެސް އެނގުނީ އޭނާ ފުރަން ގޮސް ހުއްޓާކަމަށެވެ. އެވަގުތު އިމިގްރޭޝަނުން އެޅި ފިޔަވަޅަކީ ކުރިންވެސް އަމަލު ކުރަމުން އަންނަ އުސޫލަށް ޑީޕޯޓް ކުރުން ކަމަށާއި އެ އިދާރާގެ ސަމާލުކަމަށް އެކަން އައީ ޑީޕޯޓް ކޮށްލުމަށްފަހު އެކަން ހާމަކުރުމުން ކަމަށެވެ. އޭގެ ކުރިން ހަނީފަކީ އެފަދަ ކުށެއް ކުރަމުން އައި މީހެއްކަން އިމިގްރޭޝަނަށް އެނގިފައި ނުވާކަމަށް ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވީ ހަނީފް ޑީޕޯޓް ކުރިކަމުގައި ވިއަސް އެކަމުގެ މުގުލުގައި ތިބީ ކޮންބައެއްތޯ ފުލުހުންނާއި ގުޅިގެން މިހާރު ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ގާނޫނާއި ޚިލާފުވާ ބިދޭސީން ހައްޔަރު ކުރުމަށްފަހު ތަހުގީގު ކުރަން ނިންމަވާފައިވާ ކަމަށާއި އެކަން ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަނުން މިހާތަނަށް ޑީޕޯޓް ކޮށްލި އެއްވެސް ބިދޭސީއަކާއި ގުޅިގެން ތަހުގީގެއް ކޮށްފައެއް ނުވެއެވެ. ގާނޫނާއި ޚިލާފުވާ ބިދޭސީން ހައްޔަރު ކުރުމަށްފަހު ޑީޕޯޓް ކޮށްލަނީ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ފުލުހުންނާއި ގުޅިގެން އެކަން ކުރައްވާނެކަމަށް ހަނަފީ ވިދާޅުވިއެވެ.

އެގޮތަށް ގާނޫނާއި ޚިލާފުވެގެން އަބަދު ވެސް ފުރުވާ. ހަނީފު ޑީޕޯޓް ކުރިއަކސް ނިމުނީ ކީ ނޫނޭ. ފުލުހުން ދަނީ އެކަމާއި ގުޅިގެން ތަހުގީގު ކުރަމުން. އަޅުގަނޑުމެން ޑީޕޯޓްކޮށްލީ އާންމުކޮށް ކުރަމުން އަންނަ އުސޫލާއި އެއްގޮތަށް އިމިގްރޭޝަން ގާނޫނާއި ޚިލާފު ވުމުން ޑީޕޯޓް ކޮށްލަނީ. ގާނޫނާއި ޚިލާފުވުމުން ތަހުގީގީ އިދާރާތަކާއި ގުޅިގެން ރަނގަޅަށް ބެލުމަށްފަހު ނޫނީ ދެން ޑީޕޯޓެއް ނުކުރާނަން. އެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދެން.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)

ހަނަފީ ވިދާޅުވީ އިމިގްރޭޝަނުން އަބަދުވެސް އިސްކަމެއް ދެއްވާނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންތައްތައް ކުރެއްވުމަށް ކަމަށެވެ. ނުފޫޒުން އެއްކިބާވެ ހުންނަވައި އިމިގްރޭޝަން ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށާއި ބިދޭސީންގެ މައްސަލައަށް ހައްލު ހޯއްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި ގާނޫނަށް ފެއްތުމާއި ޑީޕޯޓް ކުރަންޖެހޭނަމަ އެކަން ކުރުމަށް އިމިގްރޭޝަނުން ވަނީ މިމަހުގެ ތެރޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަންގެ ތެރެއިން ގަވައިދާ ހިލާފަށް ބިދޭސިން ރެކްރޫޓް ކުރުމާއި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އައި ބަންގްލަދޭޝްގެ މީހަކު ވެސް ވަނީ ޑީޕޯޓް ކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
56%
0%
0%
22%
0%
22%
ކޮމެންޓް
29 ސެޕްޓެންބަރ 2019 | އާދީއްތަ 17:22
ތިމަންނަ
މިފަހަރު ތިޔައޮތީ ބައި ނުގެއްލޭ މޮޅުގޮތަކަށް ނިންމާލާފަ
29 ސެޕްޓެންބަރ 2019 | އާދީއްތަ 13:30
ސަލީމް
ކޮންޓުރޯލަރު ހުރީ ވާނުވާގަ..