ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 19:05
ހަފްލާގެ ތެރެއިން މެސީ އެވޯޑާއިއެކު
ހަފްލާގެ ތެރެއިން މެސީ އެވޯޑާއިއެކު
ގެޓީ އިމޭޖަސް
ފީފާ ބެސްޓް އެވޯޑް
ފީފާ ބެސްޓް އެވޯޑް ދިނުމުގައި މަކަރު ހަދައިފައެއް ނުވާނެ: ފީފާ
 
ފީފާ ބެސްޓް އެވޯޑް ދިނުމުގައި މަކަރު ހަދައިފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

ފުޓުބޯޅައިގެ މައި އިދާރާއިންދޭ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމަށްވާ "ފީފާ ދި ބެސްޓް އެވޯޑު" ދިނުމުގައި އެއްވެސް ކަހަލަ މަކަރެއް ހަދައިފައެއް ނުވާނެކަމަށާއި އެ ފުރުސަތު ނުވެސް ދޭނެ ކަމަށް ފީފާއިން ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ފީފާ ބެސްޓް އެވޯޑުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ހޮވިގެން ގޮސްފައިވަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ. ދެވަނަ އަށް ގޮސްފައިވަނީ ލިވަރޕޫލާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިޔާ ވެން ޑައިކްއެވެ. އަދި ތިން ވަނައަށް ހޮވުނީ ޔުވެންޓަސް އާއެކު އިޓާލިއަން ލީގު ކާމިޔާބުކުރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ފީފާ އެވޯޑުގައި މަކަރާއި އޮޅުވައިލުން ހުރިކަމަށް ބުނެ ބައެއް ގައުމުތަކުގެ ކެޕްޓަނުން އަދި އަދި ކޯޗުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ފީފާއިން މިކަން ދޮގުކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ގައުމު ތަކުގެ ކޯޗުންނާއި ކެޕްޓަނުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެގޮތަށް އެ ކަން ކުރުމުން ފީފާއާއި މެދުގައި އޮތް އިތުބާރު ގެއްލޭ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ފީފާއިން ވަނީ ގޮވައިލައިފައެވެ.

މީގެ އިތުރުން ފީފާއިން ބުނީ އެވޯޑް އޮޅުވައިލައިގެން ކަން ކުރުމުގެ ފުރުސަތެއް ނުދޭނެކަމަށާއި އެވޯޑްގެ ކަންކަން ކުރެވެމުން ގެންދަނީ ވަރަށް ރަނގަޅަށް މޮނިޓަރކުރެވިގެން ކަމަށެވެ.

ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް 2010 އިން 2015 އަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑާ ގުޅިގެންނެވެ. ބެސްޓް އެވޯޑްސް ދޭން ފެށި ފަހުން އެ އެވޯޑް ހާސިލްކުރީ ރޮނާލްޑޯ އާއި މޮޑްރިޗް އަދި މެސީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
0%
33%
33%
ކޮމެންޓް