ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 19:25
ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ ޒީރޯ އިން
ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ ޒީރޯ އިން
ގޫގުލް
ޝާހްރުކްހާން
"ކިލް ބިލް'' ގެ ހިންދީ ރިމޭކްގައި ޝާހުރުކް
 
ފިލްމުގެ ރައިޓްސް ގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ

ޒީރޯގެ ނާކަމިޔާބީ އަށް ފަހު ޝާހުގެ ފޭނުން ތިބި އޭނާގެ ފިލްމެއް ނެރޭނެ އިރެއްގެ އިންތިޒާރުގައެވެ. އެ ފިލްމަށް ފަހު ފިލްމީ ދާއިރާއިން ދުވަސް ކޮޅަކަށް ޝާހު ވަނީ ދުރަށް ގޮސްފައެވެ. އެގޮތުން އޭނާ ވަނީ ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހު މިހާރު ދަނީ ޕްރޮޑިއުސަރު ނިކިލް ދްވިވޭދީ އާއި އެކު ހޮލީވުޑް ފިލްމު ކިލް ބިލްގެ ރިމޭކެއް ހެދުމަށް ވާހަކަ ދައްކަމުންނެވެ. ކުއެންޓިން ޓަރަންޓީނޯ ހަދާފައިވާ ކިލް ބިލް އަކީ ކްލޭސިކް އެކްޝަން ފިލްމެކެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނިކިލް ވަނީ އިނގިރޭސި ފިލްމުގެ ރައިޓްސް ގަތުމަށްފަހު އެ ފިލްމުގެ ލީޑް ރޯލް ކުޅެން ޝާހު އަށް ހުށައަޅާފައެވެ.

ޝާހު އެންމެ ފަހުން ކުޅެފައިވާ ފިލްމު ޒީރޯ ނެރެފަައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އާނަންދު އެލް ރާއި ޑައިރެކްޓް ކޮށްފައިވާ އެ ފިލްމަކީ 270 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. އެހެން ނަމަވެސް ބޮކްސް އޮފީހުގައި ފިލްމަށް ހަރަދު ކުރި ބަޖެޓްވެސް ނުލިބޭއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
50%
0%
0%
0%
0%
ކޮމެންޓް