ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ޑާކްރެއިން އެންޓައިޓެއިންމެންޓް

''ނޮވެމްބަރ'' ގެ ޝޫޓިން ފަށައިފި

  • ފިލްމު ރިލީޒް ކުރަނީ އަންނަ އަހަރު
  • އާ ތަރިންތަކެއް ފެނިގެންދާނެ

ކ. މާލެ | 28 ސެޕްޓެންބަރ 2019 | ހޮނިހިރު 07:34 | 2,381

ނޮވެމްބަރު ފިލްމުގެ ޝޫޓިންގެ ތެރެއިން - ޑާކް ރެއިން އެންޓަރޓެއިންމަންޓް

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން އަންނަ އަހަރު ނެރެން ހަމަޖެހިފައިވާ ''ނޮވެމްބަރ'' ފިލްމުގެ ޝޫޓިން ފަށައިިފިއެވެ.

އެ ފިލްމުގެ ބައެއް މަންޒަރުތައް މާލޭގެ ނަގަން ފަށާފައިވާއިރު މި އަހަރުގެ ޖޫން މަހު ފިލްމުގެ ކުރޫން ވަނީ ސިންގަޕޫރް އަށް ގޮސް ބައެއް މަސައްކަތްތައް ކޮށްފައެވެ. ފިލްމުގެ މަންޒަރުތައް ސިންގަޕޫރްގެ އިތުރުން ރާއްޖެތެރޭ ރަށްރަށުގައި ނެގުމަށް ހަމަޖެހިފައެވެ.

އަންނަ އަހަރު އާއްމުންނަށް ހަމަޔަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ އެ ފިލްމު ލިޔެފައިވަނީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްއެވެ. ފިލްމު ޑައިރެކްޓް ކުރަނީ ޑާކްރެއިންގެ ގިނަ ފިލްމު ތަކެއް ޑައިރެކްޓް ކޮށްފައިވާ އަލި ޝިފާއު ( ޗިއްޕެ) އެވެ.

ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް، މަޖުދާ، އައިޝަތު ޔާދާ އަދި އިސްމާއިލް ވަޖީހުވެސް ހިމެނޭއެވެ. ޑާކްރެެއިނުން އާ ތަރިންތަކެއް މި ދާއިރާއަށް ނެރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ފިލްމުންވެސް އާ ތަރިންތަކެއް ފެންނާނެ ކަމަށް އެ ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.