ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 17:04
ގަންދީލް ބަލޮޗް
ގަންދީލް ބަލޮޗް
ފޭސްބުކް
ގަންދީލް ބަލޮޗް
ގަންދީލް ބަލޮޗްގެ މަރު: ބޭބެ އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
 
ހުކުމް ކޮށްފައިވަނީ ހުކުރު ދުވަހު

ޕާކިސްތާނުގެ ސޯޝަލް މީޑިއާ ތަރި ގަންދިލް ބަލޮޗް މަރާލީ ކަމުގެ ކުށް އޭނާގެ ބޭބެ މައްޗަށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލަން ހުކުރު ދުވަހު ހުކުމް ކޮށްފިއެވެ.

ބަލޮޗް، އަސްލު ނަމުންނަމަ ފައުޒިއާ އަޒީމް ސޯޝަލް މީޑިއާ ގައި މަޝްހޫރުކަން ހޯދީ އޭނާގެ ފޮޓޯތަކުންނެވެ. ގިނަ ބައެއްގެ ތައުރީފު އޭނާ އަށް ލިބުނު ނަމަވެސް ހަރުކަށި ވިސްނުމުގެ މީހުން ފާޑު ކިޔުންތައް އޭނާ އަށް ކުރިމަތިވިއެވެ.

2016 ވަނަ އަހަރުގެ ޖުލައި މަހު އުމުރުން 26 އަހަރުގެ ގަަންދިލް މަރާލި ކަމަށް އޭނާގެ ބޭބޭ މުހައްމަދު ވަސީމް ވަނީ ކޯޓުގައި އިއުތިރާފްވެފައެވެ.

ޕާކިސްތާނުގެ ކޯޓުން ކުރި ހުކުމް އިއްވާފައިވަނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ވަސީމް އުމުރަށް ޖަލަށްލާން ކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ. ވަސީމް ޖަލަށްލާން ހުކުމް ކޮށްފައިވަނީ އޭނާ އިއުތިރާފްވެފައިވާ ކަންތައްތަކުގެ އިތުރުން ކޯޓަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. ކޯޓުގައި އެވަގުތު ހުރި ނޫސްވެރިޔަކު އަލްޖަޒީރާ ނޫހަށް މައުލޫމާތު ދެމުން ބުނީ، ކޯޓުގައި އަޑުއެހުން ކުރިޔަށް ދިޔައިރު އެ މައްސަލަ އަނބުރާ ނެގުމަށް އާއިލާއިން މަސައްކަތް ކުރި ކަމަށާއި، އެކަމަކު ކޯޓުން އެ ހުއްދަ ދީފައިނުވާ ކަމަށެވެ.

ގަންދީލްގެ މަރުގެ މައްސަލާގައި ޖުލައި މަހު ފުލުހުން ވަސީމް ހައްޔަރު ކުރިތާ ދުވަސް ތަކެއް ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވަސީމް ބުނެފައިވަނީ، އޭނާ އަށް ކުރެވުނު ކަންތައްތަކާއި މެދު އެއްވެސް ވަރަކަށް ހިތާމަ ނުކުރާ ކަމަށާއި، ކޮއްކޮ މަރާލީ އޭނާގެ އަހުލާގު އިތުުރަށް ބަރުދާސްތު ނުކުރެވިގެން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
18%
0%
40%
35%
5%
3%
ކޮމެންޓް