ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 03:47
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް
ގޫގުލް
ގެސްޓް ހައުސް އެވޯޑް
ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި
 
މިހާރުވަނީ މި އެވޯޑަށް ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފަ

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގައި ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި އެވެ.

 

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއިން މިހާރުވަނީ މި އެވޯޑަށް ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައެވެ.

 

މީގެ އިތުރުން މި އެވޯޑް ނައިޓުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތައް ފާހަގަކުރުމަށް ޕީޕަލްސް އެޑިޝަނެއް ވަނީ ތަޢާރަފްކޮށްފައެވެ.

 

ޖަރުމަންވިލާތުގެ ވެރިރަށް ބަރލިންގައި ކުރިއަށްދާ އައިޓީބީ ފެއަރގައި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ގެސްޓުހައުސް އެޑިޝަންގެ އިތުރުން މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ޖުމްލަ 50 އެވޯޑް ދިނުމަށް ހަމަޖެހިފައިވެ އެވެ.

 

ޓްރެވަލް އެވޯޑްސްގެ ގެސްޓު ހައުސް އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ގެޓަވޭސްއުން ބާއްވާ ގެސްޓުހައުސް ކޮންފަރެންސް ނިމުމުގެ ހަފްލާގައެވެ. މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އޮންނާނީ މިއަހަރުގެ ނޮވެމްބަރމަހު ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް