ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 03:20
ވެލިގާ ހާޑްވެއަރ އިން ޕޮރޮމޯޝަނެއް ފެށުން
ވެލިގާ ހާޑްވެއަރ އިން ޕޮރޮމޯޝަނެއް ފެށުން
ޓްވިޓަރ
ވެލިގާ ހާޑްވެއަރ
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
 
މިޕްރޮމޯޝަން ކުރިއަށްދާނީ މި ހަހުގެ 15 ވަނަ ދުވަހާހަމައަށް

ވެލިގާ ހާޑްވެއާގައި ސެލީސް ބްރޭންޑްގެ އުފެއްދުންތަކުގެ ހާއްސަ ޕޮރޮމޯޝަނެއް ފަށައިފި އެވެ. 

 

މި މަހުގެ 5 ވަނަ ދުވަހުން ފެށިން ކުރިޔަށްދާ މިގެންދާ ޕޮރޮމޯޝަން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ދާނެ ކަމަށް ވެލިގާ ހާޑްވެއަރއިން ބުންޏެވެ. 

 

މި ޕްރޮމޯޝަންގައި ވެލިގާގެ ކޮންމެ ފިހާރަކުން ގަންނަ ސެލީސް ކޮންމެ އުފެއްދުމަކަށް ކޫޕަންއެއް ލިބޭނެ އެވެ. އަދި  ސެލީސްގެ އުފެއްދުމެއް ހިމަނައިގެންކުރާ ކޮންމެ 100 ރުފިޔާއިން މަތީގެ ވިޔަފާރިއަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށާއި ވެލިގާގެ ކޮންމެ ފިހާރައަކުން، ކޮންމެ ދުވަހަކުވެސް ހޮވޭ ނަސީބުވެރި ފަރާތަކަށް 500 ރުފިޔާ ގެ ވައުޗާއެއް ލިބޭނެ ކަމަށް ވެލިގައިން ބުންޏެވެ.

 

މިވައުޗާ ބޭނުން ކޮށްގެން ނަސީބުވެރި ފަރާތްތަކަށް  ވެލިގާގެ ކޮންމެ ފިހާރައަކުންވެސް 500 ރުފިޔާއަށްވާ ތަކެތި ހިލޭ ލިބޭނެ އެވެ.

 

އޮސްޓްރޭލިޔާގެ މަޝްއޫރު ބްރޭންޑެއްކަމުގައިވާ ސެލީސްގެ އުފެއްދުންތަކަކީ ގޭތެރޭ އެންމެ ކުދިކުދި ކަންތައްތަކުން ފެށިގެންގޮސް އިންޑަސްޓްރިއަލް ގްރޭޑްގެ ބޭނުންތަކަށް ވެސް ބޭނުން ކުރެވޭނެ ތަފާތުއެކި ފާޑުފާޑުގެ ތެރަހާއި ސިލިކޯންގެ ގިނަ އުފެއްދުންތަކެއް ހިމެނޭ ބްރޭންޑެކެވެ. އޭގެ ތެރޭގައި ހިމެނޭ އާދައިގެ ސިލިކޯން، މޮހޮރު ސިލިކޯން، ބޫޓްތައްކުރާ ތެރަސް، ސުޕާގުލޫ ފަދަ އުފެއްދުން ތަކަކީ ގިނަބައެއްގެ އިތުބާރާއި ޔަގީންކަން މިހާރުވެސް ލިބިފައިވާ އުފެއްދުންތަކެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް