ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 18:46
ކްރިސްޓިއަން އެރިކްސަން
ކްރިސްޓިއަން އެރިކްސަން
ގެޓީ އިމޭޖަސް
ކްރިސްޓިއަން އެރިކްސަން
ރެއާލުން އަނެއްކާވެސް އެރިކްސަން ހޯދުމަށް މަސައްކަތް ފަށައިފި
 
ރެއާލްގެ އިތުރުން ގިނަ ކްލަބްތަކުން އެރިކްސަން ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑުން އަނެއްކާވެސް ޓޮޓެންހަމް ހޮޓްސްޕަރސްއަށް ކުޅެމުން އަންނަ ކްރިސްޓިއަން އެރިކްސަން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުން ބޭނުންވަނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް އެރިކްސަން އެ ކްލަބަށް ގެނައުމަށެވެ. އެގޮތުން އެ ކްލަބުން އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރެއާލްގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އެރިކްސަން ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިން އަދި އިޓަލީގެ ކްލަބްތައްވެސް ހިމެނެއެވެ.

ޓޮޓެންހަމްއާއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނަށް ފަހު ހަމަވާއިރު، އޭނާ ކްލަބުގައި މަޑުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަޔެކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 277 މެޗުގައި 66 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޓޮޓެންހަމްއާ އެކު ލީގް ކަޕްގެ ދެވަނަ 2014 ވަނަ އަހަރުގެ ސީޒަނުގައި ހޯދި އެރިކްސަން ވަނީ ޓޮޓެންހަމްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

މީގެ އިތުރުން ހަތަރު ފަހަރު ޑެންމާކްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެރިކްސަން ވަނީ ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި 29 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް