ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 10:31
ބިން ހެލުމުގެ އަސަރު އިންޑިއާއަށް ވެސް ވަނީ ކޮށްފައި
ބިން ހެލުމުގެ އަސަރު އިންޑިއާއަށް ވެސް ވަނީ ކޮށްފައި
އެރަބް ނިއުސް
ޕާކިސްތާން
ޕާކިސްތާން ބިންހެލުމުގައި މަރުވު މީހުންގެ އަދަދު 38 އަކަށް އަރައިފި
 
ބިންހެލުމުގައި ގިނަ އަދަދެއްގެ މީހުންގެ ގެދޮރު ވަނީ ގެއްލިފަ

ޕާކިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 38 އަކަށް އަރައިފިއެވެ.

އަންގާރަ ދުވަހު ޕާކިސްތާންގެ ކަޝްމީރަށާއި ޕަންޖާބު ޕްރޮވިންސްތަކަށް 5.8 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު މައްޗަށް އަރައިފާ ވާއިރު ބިންހެލުމުގައި ގިނަ އަދަދެއްގެ ގެދޮރަށާއި އިމާރާތް ތަކަށް ވަނީ ގެއްލުން ލިބިފައެވެ. ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދު ތަކުގެ ބިން ގަނޑު ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.

ބިންހެލުން އައުމާއި އެކު ޕާކިސްތާންގެ ހޮސްޕިޓަލް ތައް އެމެޖެންސީ ހާލަތަށް ގެނަސްފައި ވާއިރު، ބިންހެލުމުގައި އަނިޔާވި މީހުންގެ އަދަދު ވަނީ 700 އަށް އަރާފައެވެ.

ބިންހެލުމުގައި ލިބުނު ގެއްލުން ތައް ތަފާސްހިސާބު ކުރަމުންދާ ކަމަށާއި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ޕާކިސްތާންގެ ސަރުކާރުން ބުނެފައިވެއެވެ.

މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މިރްޕޫރް އަށެވެ. ބިންހެލުމާއިއެކު ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ގޮސްފައެވެ.

ރިލީފް ގްރޫޕްތަކުން ދަނީ ބިންހެލުމުގައި ގެއްލުން ލިބުނު އާއިލާތަކަށް ފެނާއި ކާބޯތަކެއްޗާއި ބޭސް އަދި ޓެންޓް ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި