ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 21:38
ސާގިބް މަހަމޫދް
ސާގިބް މަހަމޫދް
ގެޓީ އިމޭޖަސް
ސާގިބް މަހަމޫދް
އިނގިރޭސި ވިލާތުގެ ކްރިކެޓް ކުޅުންތެރިޔާ "ޓެރެރިސްޓް" އެއް ގޮތުގައި ލޭބަލް ކޮށް އިންޑިއާ އިން ވިސާ ނުދީ ހިފަހައްޓައިފި
 
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައި

އިނގިރޭސި ވިލާތުގެ ކްރިކެޓް ކުޅުންތެރިޔާ ސާގިބް މަހަމޫދް އަކީ ޓެރެރިސްޓެއް ކަމުގައި ބުނެ އޭނާ އަށް އިންޑިއާއިން ވިސާ ނުދީ ހިފަހައްޓައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސާގިބަށް އިނގިރޭސި ވިލާތުން އިންޑިއާގައި ކުރުމަށް ހަމަޖެހިފައިވާ ކޭމްޕްގައި ބައިވެރިވުމަށް ފުރުސަތު ނުލިބުނީ އިންޑިއާއިން އޭނާ އަށް ވިސާ ނުދިނުމުންނެވެ.

ނިއުޒިލޭންޑުގައި އޮންނަ ޓީ ޓުވެންޓީ ކްރިކެޓް މުބާރާތައް ތައްޔާރުވަމުން އަންނަ އިނގިރޭސި ވިލާތުގެ ސްކޮޑުގައި ސާގިބް ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ.

މީޑިއާ އަށް ދިން އިންޓަރވިއު އެއްގައި ސާގިބް ބުނީ އިންޑިއާގެ ކޭމްޕުގައި އޭނާ އަށް ބައިވެރި ނުވެވުނީ އޭނާ އަކީ ޕާކިސްތާނު ދަރިކޮޅުގެ މީހެއްކަމަށް ވާތީ ކަމަށާއި އޭނާ ލޭބަލް ވެފައިވަނީ ޓެރެރިސްޓެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އޭނާ ޓެރެރިސްޓަކަށް ވާންވީ ކީއްވެ ކަމެއް ހުދު އޭނާ އަށްވެސް ނޭންގޭ ކަމަށް ސާގިބް ބުންޏެވެ.

އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރި އިރުވެސް މިކަހަލަ ފުރައްސާރައާއި ކުރިމަތިލާން ޖެހުން ކަމަށާއި ނަމަވެސް ފަހުން އެކަން ބަދަލުވެގެން ދިޔަކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ސާގިބް ބުނީ އޭނާ މިހާތަނަށް ވެސް ވިސްނަނީ ހަމައެކަނި ކްރިކެޓު ކުޅުމަށް ކަމަށާއި މިކަހަލަ ފުރައްސާރަ ކުރިމަތިވިޔަސް އޭނާގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ވިލާތުގެ ކްރިކެޓު ޓީމުގެ ކޯޗު ބުނީ އިންޑިއާގެ ކޭމްޕުގައި ސާގިބަށް ބައިވެރިނުވެވުން އެއީ ލިބުނު އުނި ކަމެއް ކަމަށާއި އޭނާ އަކީ ކުރިއަރަމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
19%
0%
25%
56%
0%
0%
ކޮމެންޓް