ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 20:15
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ
އޭޕީ
އެމެރިކާ-ޗައިނާ
އެމެރިކާއިން ޗައިނާގެ ކުންފުނިތަކަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
 
އިރާނުގެ އިގްތިސާދުން ގައުމުތައް ދުރަށް ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމަށް ޕޮމްޕިއޯ ވިދާޅުވި
 
ފިޔަވަޅުތައް އަޅަން ނިންމީ އިރާނާއި ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށް އެގައުމަށް ޕްރެޝަރ ބޮޑުކުރަން
 
ޗައިނާގެ ބައެއް ކުންފުނި ތަކުން ދަނީ ފާޅުގައި އިރާނުން ތެޔޮ ގަންނަމުން

އެމެރިކާއިން ޗައިނާގެ ބައެއް ކުންފުނިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވީ، ޗައިނާގެ ބައެއް ކުންފުނި ތަކުން އިރާނުން ތެޔޮ ގަންނަމުން ދާތީވެ އެކަމާއި ވިދިގެން އެކުންފުނި ތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފައިވާކަމަށެވެ. ޕޮމްޕިއޯ ވިދާޅުވީ، މި ފިޔަވަޅުތައް އަޅަން ނިންމީ އިރާނާއި ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށް އެގައުމަށް ޕްރެޝަރ ބޮޑުކުރަން ކަމުގައެވެ.

ނިޔުޔޯކްގައި މިހާރު ކުރިއަށްދާ އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޕޮމްޕޭ ވިދާޅުވީ ވޮޝިންގޓަން އިން އިސްނަގައިގެން އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ގެ މަސައްކަތްތަކަށް ގައުމުތައް ހޭލުންތެރި ކުރުވާ އިރާނުގެ އިގްތިސާދުން ގައުމުތައް ދުރަށް ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމުގައެވެ.

އެމެރިކާއިން 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުން ވަކިވުމާއި ގުޅިގެން އިރާނާއި އެމެރިކާ އާއި ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވާން ފަށާފައެވެ. އަދި ސެޕްޓެމްބަރު 14 ވަނަ ދުވަހު ސައުދީގެ މައި ތެޔޮ މަރުކަޒުތަކަށް ދިން ހަމަލާތަކަށް ފަހު އެމެރިކާއާއި އިރާނުގެ ގުޅުން ވަނީ އިތުރަށް ހީނަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
25%
0%
50%
0%
0%
ކޮމެންޓް