ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 13:13
ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު
ޝުއައިބް މުހައްމަދު އިގްބާލް
ޓުއަރިޒްމް ޑޭ
އާންމުންނަށް ހިލޭ ދެވޭގޮތަށް، ފަރުކޮޅުފުށީގައި ޖޮބްފެެއާރއެއް ބާއްވަނީ
 
ކޮންމެ ރެއަކު 22:00 ގައި ރިޒޯޓު މުވައްޒަފެއްގެ ދިރިއުޅުމާއި ހޯދާފައިވާ ކާމިޔާބީތައް ދައްކާލެވޭނެ
 
500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ލިބިގެންދާނެ
 
މި ޖޮބް ފެއާރ ފެށުމަށް ހަމަޖެހިފަވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު

ފަތުރުވެރިކަމުގެ ސިނާއަތަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޖޮބް ފެއާރއެއް ފަރުކޮޅުފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ޖޮބް ފެއާރ ފެށުމަށް ހަމަޖެހިފަވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަސް ކަމަށްވާ ދުނިޔޭގެ ފަތުރުވެރިންގެ ދުވަހު އެވެ.

ޖޮބްފެއާރ އާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ރަނގަޅު ޖޮބްފެއާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މި ޖޮބްފެއާރގައި ރާއްޖޭގެ ބޮޑެތި ޓުއަރިސްޓު ގްރޫޕްތަކުން ވަނީ ބައިވެރިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޖޮބްފެއާރގެ ފަރާތުން 350 ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، ފެއާރގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ވަޒީފާގެ ފުރުސަތުގެ އިތުރުން އިންޓަރންޝިޕްގެ ފުރުސަތުތައް ރާއްޖޭގެ ރިސޯޓުތަކުން ލިބޭނެ ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ 10 ފުލީ ޕެއިޑް ސްކޯލާރށިޕްގެ ފުރުސަތުތައްވެސް ޖޮބް ފެއާރ އިން ލިބިގެންދާނެ ކަމަށެވެ.

3 ދުވަސްވަންދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޖޮބްފެއާރ އަކީ ހަމައެކަނި ދިވެހިންނަށް ޚާއްސަ ކުރެވިގެން ބޭއްވޭ ފެއާރ އަކަށް ހެދުމަށް ބުދަ ދުވަހު ބޭއްވި ބައްދަލުުވުމުގައި ނިންމަވާފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ހަވީރާއި ރޭގަނޑު ކުރިއަށް ގެންދާ މި ޖޮބްފެއާރގައި ހަވީރު، ބޭންޑުތަކަށް ހުނަރު ދައްކާލުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންމެ ރެއަކުވެސް ފާހަގަ ކޮށްލެވޭ ބޭންޑުތަކުގެ ހަރަކާތްތައް ފެނިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބޭނުންފުޅުވަނީ ހުނަރުވެރި ފަރާތްތަކަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ހޯއްދައި ދިނުން ކަމަށެވެ.

މީގެއިތުރުން ކޮންމެ ރެއަކު 22:00 ގައި ރިޒޯޓު މުވައްޒަފެއްގެ ދިރިއުޅުމާއި ހޯދާފައިވާ ކާމިޔާބީތައް ދައްކާލެވޭނެ ކަމަށެވެ. ބައިގަޑީއިރަށް ކުރިއަށް ގެންދެވޭ ހަރާކާތެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، ފުރަތަމަ ރޭ، ރިސޯޓު މުވައްޒަފެއްގެ ގޮތުގައި ހަމަޖެހިފައިވަނީ މީގެ 27 އަހަރު ކުރިން ރިސޯޓު މުވައްޒަފެއްގެ ވަޒީފާ އަދާ ކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްކަމަށެވެ.

މިއީ ރަނުގެ ފުރުސަތެއް ކަމަށް ސިފަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޖޮބްފެއާރ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހުގެރޭ 20:00 ގައި ކަމަށެވެ. ޖޮބްފެއާރ ހުޅުވިފައި ހުންނަ ގަޑިތަކުގައި ކޮންމެ ބައި ގަޑިއިރަކުން ސްޕީޑު ބޯޓެއްގައި ފަރުކޮޅުފުއްޓަށް ހިލޭ ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް