ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 13:13
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީޕީއޭ
ޑޮނާލްޑް ޓްރަމްޕް
ޓްރަމްޕްއާއި ގުޅޭ ތަހުގީގެއް ކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފި
 
ޓްރަމްޕް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ
 
ތަހުގީގު ކުރުމަށް، ޒެލެންސްކީއާގެ ފަރާތުން، މިދިޔަ ޖުލައި މަހު އެދިލެއްވީ ފޯނުން ވާހަކަ ދައްކަވަމުން
 
ތަހުގީގު ކުރިއަށްގެންދަން ނިންމާފައިވަނީ ޓްރަމްޕްގެ އަމަލުތަކަކީ ގައުމީ ސަލާމަތާއި ގާނޫނު އަސާސީއާ ހިލާފު އަމަލުތަކަށް ވާތީ

އެމެރިކާގެ ސިޔާސީ ފަރާތަކާއި ގުޅުން ހުރި ތަހުގީގެއް ކުރުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސްގެ ގާތުގައި އެދިލެއްވި ކަމަށް ބުނާ ތުހުމަތުތައް ތަހުގީގުކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފިއެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ނޭންސީ ޕެލޯސީ ވިދާޅުވީ އެތަހުގީގު ކުރިއަށްގެންދަން ނިންމާފައިވަނީ ޓްރަމްޕްގެ އަމަލުތަކަކީ ގައުމީ ސަލާމަތާއި ގާނޫނު އަސާސީއާ ހިލާފު އަމަލުތަކަށް ވާތީ ކަމަށެވެ.

ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ، އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއާއި އޭނާގެ ފިރިހެން ދަރިފުޅާ ގުޅުންހުރި ތަހުގީގެއް ކުރައްވަން ޔޫކްރެއިންގެ ރައީސްގެ ކިބައިން އެދިލެއްވި ކަމުގެ ތުހުމަތެވެ. ޓްރަމްޕް ވަނީ މިކަމާއި ގުޅޭގޮތުން ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކުރެއްވި ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ހަބަރުތައް ދޮގުކޮށްފައެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން ޖޯ ބައިޑެން އާއި ހަންޓާ ބައިޑެން ތަހުގީގު ކުރުމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީއާގެ ފަރާތުން، މިދިޔަ ޖުލައި މަހު އެދިލެއްވީ ފޯނުން ވާހަކަފުޅު ދައްކަވަމުންނެވެ.

އަދި ބައެއް ނޫސްތަކުގައިވާ ގޮތުން ޒެލެންސްކީއާ ގުޅުއްވުމުގެ ކުރިން، ބައިޑެންގެ ތަހުގީގުކުރުމަށް ޔޫކްރެއިނަށް ޕްރެޝަރު ކުރުމަށްޓަކައި، އެމެރިކާއިން ޔޫކްރެއިންނަށް ދޭ އަސްކަރީ އެހީ ހުއްޓުވަން ޓްރަމްޕް އެންގެވިއެވެ.

ޒެލެންސްކީއަށް ފޯނުން ގުޅުއްވި އިރު ބައިޑެންއާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ނަމަވެސް، ބައިޑެން ތަހުގީގު ކުރަން އެދިނުލައްވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ޓްރަމްޕްއާއި ޒެލެންސްކީގެ ދެމެދު ދެކެވުނު ވާހަކައިގެ ޓްރަންސްކްރިޕްޓެއް ދެއްވާނެ ކަމަށް އަންގާރަ ދުވަހު އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް