ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 10:19
ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކަކަށް ގެއްލުންވެފައިވޭ
ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކަކަށް ގެއްލުންވެފައިވޭ
އޭއެފްޕީ
ޕާކިސްތާން
ޕަކިސްތާން ބިންހެލުން: މަރުވި މީހުންގެ އަދަދު 20 އަށް އަރައިފި
 
ބިންހެލުމުގެ އަސަރު ކޮށްފައިވަނީ މީރްޕޫރް ސިޓީ އާއި ހަމައަށް
 
ޒަހަމްވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް ގޮސްފަ
 
ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 20 އަށް އަރައިފި

އަންގާރަ ދުވަހު ޕާކިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 20 އަށް އަރައިފިއެވެ.

ބާރުމިނުގައި 5.8 މެގްނިޓިއުޑްގެ މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް ގޮސްފައެވެ.

ޕާކިސްތާނުގެ ކަޝްމީރަށާއި ޕަންޖާބް ޕްރޮވިންސަށް އައި މި ބިންހެލުމުގައި އަނިޔާވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަދިވެސް އަނިޔާ ލިބިގެން މީހުން ހޮސްޕިޓަލަށް ގެންނަމުންދާކަމަށް އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކައެވެ.

މީރްޕޫރް ފުލުހުންގެ ޗީފް ގުލް ފަރާޒް އާއި ހަވާލާދީ އަލް ޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން މި ބިންހެލުމުގެ އަސަރު ކޮށްފައިވަނީ މީރްޕޫރް ސިޓީ އާއި ހަމައަށެވެ. އަދި އެ ހިސާބުގެ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، މީރްޕޫރުގެ އިތުރުން ކޮޓްލީ ޑިސްޓްރިކްޓުން ވަނީ ކަރަންޓުގެ ހިދުމަތްވެސް ކެނޑިފައެވެ.

މި ބިންހެލުމުގެ ސަބަބުން އެތައް ބައެއްގެ ގެދޮރަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި ހޮސްޕިޓަލްތައް ވަނީ އެމެޖެންސީ ހާލަތަށް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް