ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 07:31
ބިދޭސީން ކިޔޫގައި ޖެހިގެން
ބިދޭސީން ކިޔޫގައި ޖެހިގެން
ރާއްޖެއެމްވީ
ބިދޭސީން
ވެހޭ ވާރޭގައި ރޭގަނޑުގެ ނިދި ނަގާލާފަ ގާނޫނީ އިމުގެ ތެރެއަށް ވަންނަން!
 
ކޮންމެ ދުވަހަކުވެސް ގަޑިއިރެއްގެ ތެރޭގައި ހުރިހާ ނަމްބަރެއް ހުސްވާކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭ
 
ދުވާލަކު ދޫކުރަނީ 247 ނަންބަރު

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ވަނީ ފަށާފައެވެ. ވޯކް ޕާމިޓް ނެތި ނުވަތަ އެ މީހަކީ ކާކުކަން ނޭނގެ ބިދޭސީން އަދަދު އިންތިހާ އަށް ރާއްޖޭގައި ވަނީ ބޮޑުވެފައެވެ. ގާނޫނީ އިމުގެ ތެރެއަަށް ވަންނަން ބޭނުންވާ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާާލާފައިިރު، އެ މިނިސްޓްރީން ކޮންމެ ދުވަހަކުވެސް ދޫކުރަނީ 245 ނަމްބަރެވެ.

ގަވާއިދާ ހިލާފަށް އެތައް އަހަރުތަކެއް ރާއްޖޭގައި އުޅުމަށް ފަހު، ގިނަ ބިދޭސީން ތަކެއް ބޭނުންވެފައި ތިބީ ގަވާއިދުގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރުމަށް ކަމާއި މެދު އިކޮނޮމިކް މިނިސްޓްރީ ބޭރުގައި ދަމާލާފައިވާ ކިޔޫއިން ވެސް ހާމަވެއެވެ.

ބުދަ ދުވަހު ހެނދުނު ނަންބަރު ނަގަން ވެގެން މިނިސްޓްރީ ކުރިމަތީގައި ރޭގަނޑު 11 ޖެހިއިރުން ފެށިގެން ކިޔޫ އޮތީ ދަމާލާފައެވެ. ވާރޭ ވެހެމުން ދިޔައިރު ބައެއް މީހުން ކުޑަ އަޅައިން ތިބިއިރު އަނެއް ބަޔަކު ތިބީ ވެހެމުން ދިޔަ ވާރޭތެރޭގައި ތެމި ފޯވެގެންނެވެ. ގާތް ގަޑަަކަށް 50 އަކަށް ވުރެ ގިނަ ބިދޭސީން ކިޔުގައި ތިއްބެވެ.

އެ ކިޔޫގައި ހުރި ސުމަން މިއާ ބުނީ، އެތަނަށް އައިސް ހުރީ އެއްވެސް ވިސާއެއް ނެތި ރާއްޖޭގައި މަސައްކަތް ކުރުމަށް ފަހު، އިސްލާހުވާން ބޭނުންވެގެން ކަމަށެވެ. ބަންގްލަދޭޝްގެ އެޖެންޓަށް ދެ ލައްކަ ބަންގްލަދޭޝް ޓާކާ ދެއްކުމަށް ފަހު މީގެ ހަތަރު އަހަރު ކުރިން ސުމަން ރާއްޖެ އައީ މަސައްކަތް ކުރުމަށެވެ. އޭނާ ބުނީ، ކުންފުންޏެއް ނެތްކަން އެނގުނީ ރާއްޖެ އައުމުން ކަމަށެވެ. އެހެންވެ މިހާ ދުވަސް ވަންދެން އޭނާ މަސައްކަތް ކުރަމުން އައީ ގަވާއިދާ ހިލާފަށެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ހިންގާ މަރުކަޒުގެ ބޭރުގައި ތިބި ބިދޭސީން

ކިޔޫގައި ހަމަޖެހިލައިގެން އިށީންދެގެން ހުރި ސައިދުލް ހައްގު ބުނީ، ވިސާއާ ނުލާ އޭނާ ރާއްޖޭގައި މަސައްކަތް ކުރާތާ ހަތަރު މަސްވެއްޖެ ކަމަށެވެ. ސައިދުލް ހައްގު ބުނީ، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަން ޖެހުނީ، އޭނާ މަސައްކަތް ކުރަން ގެނައި ކުންފުނިން އޭނާ ބޭނުންނުވާ ކަމަށް ބުނުމުން ކަމަށެވެ.

ހަތަރު އަހަރު ވަންދެން ކުންފުނީގައި މަސައްކަތް ކުރީ. އެމީހުން އަހަރެން ރާއްޖެ ގެނައީވެސް. މިހާރު ބުނީ، ބޭނުމެއް ނޫނޭ. އެހެންވެ ވިސާނެތި މަސައްކަތް ކުރާތާ ހަތަރު މަސްވެއްޖެ.
ސައީދުލް ހައްގު

އއ. ރަސްދޫ އަށް މަސައްކަތް ކުރަން އައި މައިނޫ ބުނީ، އޭނާ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަން މަޖުބޫރުވީ ކުންފުނިން އޭނާ ވަޒީފާއަށް ގެނައުމަށް ފަހު މުސާރާ ނުދިމުން ކަމަށެވެ. ކުންފުނިން ބުނާ ގޮތަކަށް ބުރަކޮށް މަސައްކަތް ކުރަމުން އައި އިރުވެސް މުސާރަ ނުލިބުމުގެ ސަބަބުން އާއިލާ އަށް ވެސް ލާރި ނުފޮނުވޭ ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން އެރަށުން ފިލައިގެން އައިސް އޭނާ މިހާރު މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން ކުންފުންޏެއްގައެވެ. މައިނޫ މިހާރު ބޭނުންވަނީ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތް ކުރުމަށެވެ.

ކޮމްޕެނީ ނަމުގައި ގެނެސް އެމީހުން ލާރިއެއް ނުދޭ. އެމީހުން މުސާރަ ނުދޭތީވެ އަހަންނަށް ރަށަށްވެސް ފައިސާ ނުފޮނުވޭ. ބުނާ ވަރަކަށް މަސައްކަތް ކުރިއަސް ނުދޭ. އެހެންވެ އަހަރެން މާލެ އައީ.
މައިނޫ

ބިދޭސީންގެ ވާހަކަ ތަކުން އެނގޭ ގޮތުން އެމީހުން ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަން ގިނަ ފަހަރު މަޖުބޫރު ވަނީ އެމީހުން ގެންނަ އެޖެންޓް ނުވަތަ ކުންފުނިން އެމީހުންނާ ދޭތެރޭ ކަންތައް ކުރާ ގޮތުންނެވެ. ހަމަ އެކަނި ގަވާއިދާ ހިލަފާށް އުޅޭ ބިދޭސީން މައްސަަލަ ހައްލު ކޮށްގެން މިކަމެއް ހައްލެއް ނެތެވެ. ރާއްޖެ އަށް ބިދޭސީން ގެންނަ ކުންފުނިތަކުން އަމަަލު ކުރަމުން އަންނަ ގޮތްވެސް ހޯދައި ބެލުން މުހިއްމެވެ.

އުއްމީދަކީ މިކަމުގައި ފިޔަވަޅު އެޅިގެންދާ އިރު، އެ މީހުންނާ މެދު މިހާ އިހާނެތިކޮށް ކަންކަން ކުރި ކުންފުނިތަކާއި ފަރާތްތައް ދެނެގަނެ އެމީހުންނާ މެދުވެސް ފިޔަވަޅު އެޅުމެވެ. އެހެން ކަންކަން ނުކޮށްފި ނަމަ، މިކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމާއި މެދު ސުވާލު އުފެދެއެވެ. މަސްލަހަތާއި ޒާތީ ތަހައްސުބުން ދުރުވެ، އެވިޔަފާރިތަކާއި ދެކޮޅަށް ފިޔަވަޅު އެޅުން ބުއްދިވެރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
5%
15%
15%
45%
10%
10%
ކޮމެންޓް
25 ސެޕްޓެންބަރ 2019 | ބުދަ 09:14
ޑިޕޮސިޓް
ކޮބާ ހެއްޔޭ މުސާރަ ރަނގަޅަށް ދޭ ކުން ފުންޏަކުން ، މުސާރަ ބޮޑު ތަންތަނަށް ފިލައިގެން ގޮސް ޤަވާއިދާ ޚިލާ ފަށް އެތަށް އަހަރަކު އުޅުމަށް ފަހު މިއަދު ގަވާއިދު ތެރެއަށް ވަނީމަ ، ފުރަތަމަ އެ ބިދޭސީ މީހާ ގެނައި ކުން ފުނިން ސަރުކާރަށް ދެއްކި ޑިޕޮސިޓް.