ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 19:50
ލިވަރޕޫލް އަދި ޗެލްސީގެ މެޗުގެ ތެރެއިން
ލިވަރޕޫލް އަދި ޗެލްސީގެ މެޗުގެ ތެރެއިން
ސޯޝަލް މީޑިއާ
އިނގިރޭސި ޕްރިމިއާ ލީގު
ޗެލްސީ ބަލިކޮށް ލިވަރޕޫލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
 
މި މެޗު ލިވަރޕޫލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ޗެލްސީގެ މައްޗަށް ކުރިހޯދައި ލިވަރޕޫލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ލިވަރޕޫލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗު ފަށައިގެން ލިވަރޕޫލުން ވަނީ އަވަސް އެޓޭކިންގް ގޭމެއް ކުޅެފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ލިވަރޕޫލަށް ލިބުނު ހިލޭޖެހުމުއްގެ ފައިދާ ނަގާ ލިވަރޕޫލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސަންޑް އާނޯލްޑްއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާއި ކުރިމަތިލާން ޖެހުނު އިރު ދެ ކުޅުންތެރިން ވަނީ ބަދަލު ކުރަން ޖެހިފައެވެ.

މެޗުގައި ލިވަރޕޫލުން ޖެހި ދެވަނަ ލަނޑު ފިރްމީނިއޯ އެ ޓީމަށް ކާމިޔާބުކޮށްދިން އިރު ފިރިމީނިއޯއަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަނުގެ ދެ ފުރުސަތު ލިބިފައެވެ.

ދެވަނަ ހާފުގައި ޗެލްސީއިން ކުޅުން ރަނގަޅުކޮށް ލިވަރޕޫލްގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ. ނަމަވެސް ލިވަރޕޫލްގެ ކީޕަރު އެލެކްސަން ވަނީ ހުށިޔާރުކަމާއެކު ޗެލްސީގެ ހަމަލާތައް ދިފާއު ކޮށްފައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޗެލްސީގެ ކާންޓޭ ވަނީ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ދެ ވަނަ ހާފްގެ ކުރީކޮޅު އިތުރު ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުމުން ފަހުން ޕްރެޝަރުގައި ކުޅެން ޖެހުނު ކަމަށާއި އެ ވަގުތު ޓީމުން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް