ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 23:15
ހޮނިހިރު ދުވަހު ބޮމުގެ ހަމަލާދިން ސަރަޙައްދު
ހޮނިހިރު ދުވަހު ބޮމުގެ ހަމަލާދިން ސަރަޙައްދު
ބީބީސީ
މެދުއިރުމަތީގެ ހަމަނުޖެހުން
ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި
 
ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވޭ
 
ހަމަލާ ދީފައިވަނީ ޝީޢީންނަށް އަމާޒުކޮށް

ސީރިއާގެ ވެރިރަށް ދިމިޝްކުގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި އިރާޤަށް ނިސްބަތްވާ 40 މީހުން މަރުވެ، 120 މީހުން ޒަޚަމްވެއްޖެއެވެ.

އިރާޤު ސަރުކާރުން ބުނީ މި ހަމަލާ ދީފައިވަނީ ޝީޢިންގެ ގިނަ ޒިޔާރަތްތަކެއް ހުންނަ ބާބް އައްޝަޤީރް ގަބުރުސްތާނު ކައިރީގައި ކަމަށާ، މަރުވެފައިވާ މީހުންނަކީ އެ ސަރަޙައްދަށް އަޅުކަމަށް ގޮސް އުޅުނު ޝީޢީން ކަމަށެވެ.

އާންމުކޮށް ސުންނީ ހަނގުރާމަވެރިންގެ މިފަދަ ހަމަލާތަށް ޝީޢީންނަށް އަމާޒުވި ނަމަވެސް، ވެރިރަށް ދިމިޝްޤުގައި މިފަދަ ހަމަލާތައް ދީފައިވަނީ ވަރަށް މަދުންނެވެ.

ދިމިޝްޤަކީ މައިގަނޑުގޮތެއްގައި ސީރިއާގެ ރައީސް ބައްޝަރުލް އަސަދުގެ ބާރުގެ ދަށުގައި އޮންނަ ސިޓީއެއް ނަމަވެސް، ސިޓީގެ ވަށައިގެންވާ ބައެއް ސަރަޙައްދުތަކުގައި އިދިކޮޅު ހަނގުރާމަވެރި ގްރޫޕްތައް ހަރަކާތްތެރި ވެއެވެ.

ހޮނިހިރު ދުވަހުގެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގާފައި ނުވާއިރު، ސީރިއާ ސަރުކާރުން ވަނީ މިއީ ވަރުގަދަ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސުންނީންނާއި ޝީޢީންނާއި ދެމެދުގައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ރަޝިއާ، ތުރުކީ އަދި އީރާނުން އިސްވެ، ކަޒަކިސްތާނުގައި ކުރިއަށްގެންދިޔަ ވާހަކަތަކަށްފަހު، މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން، ސުންނީ-ޝީޢީ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައި ވީނަމަވެސް ބައެއް ހަނގުރާމަވެރި ޖަމާޢަތްތަކުން އަދިވެސް ދަނީ ހަމަލާ ބަދަލުކުރަމުންނެވެ.

އެންމެ ކާމިޔާބު ނޫނަސް މި ވާހަކަތަކާއި އެކު ހަމަލާތަކުގެ އަދަދު މަދުވެފައިވާއިރު، މި ވާހަކަތަކުގެ 3 ވަނަ ބުރު އަންނަ ހަފްތާގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ