ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 18:41
ބޫޓާން އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ބޫޓާން އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ސާފް ޗެމްޕިއަންޝިޕް
ބޫޓާނު އަތުން ލިބުނު ޕޮއިންޓާއެކު ރާއްޖެއިން ފުރަތަމަ ފަހަރަށް ސެމީއަށް!
 
މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާ އަކުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އަންގާރަ ދުވަހު ރާއްޖެއިން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް ލިބުނު ޕޮއިންޓާއެކު ސެމީ ފައިނަލުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

ނޭޕާލުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 0-0 ގެ ނަތީޖާއަކުންނެވެ.

މުބާރާތަށް ފެށުމުގެ ކުރިން ރާއްޖޭގެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ރާއްޖެއިން މި މުބާރާތާއި ކުރިމަތިލަނީ ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގެ ޖާގަ ހޯދުމަށް ޓާގެޓް ކޮށްގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ރާއްޖެއިން މިވަނީ މި ޓާރގެޓަށް ވާސިލްވެފައެވެ.

އަންގާރަ ދުވަހު ބޫޓާނާއި ދެކޮޅަށް ރާއްޖެއިން ކުޅެން ނިކުތީ ޑިފެންސިވް ގޭމަކަށެވެ. މެޗުގައި ބޫޓާނުން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ ރާއްޖޭގެ ހުށިޔާރު ޑިފެންޑަރުންނެވެ. އަދި ރާއްޖޭގެ ކީޕަރު ހަސަން އަލީފް ވަނީ މި މެޗުގައި ގިނަ ސޭވް ތަކެއް ކޮށްފައެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެއިން ކުޅެންޖެހޭ ޓީމެއް އިނގޭނީ ގްރޫޕް "ބީ"ގެ ފަހު މެޗުގައި އިންޑިއާ އަދި ލަންކާ ބައްދަލުކުރާ މެޗަށްފަހުގައެވެ. ސެމީގައި ބޫޓާން ބައްދަލުކުރަންޖެހޭނީ ބޫޓާނާއި ބަންގްލަދޭޝްއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލުން އެއް ޕޮއިންޓާއެކު މުބާރާތުން ކެޓި އިރު ނޭޕާލް ބެލެވިފައިވަނީ މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައެވެ. މި މުބާރާތުގައި

ރާއްޖެއާއި ނޭޕާލު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު ދެވަނަ މެޗުގައި ބޫޓާން އަތުން ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
24 ސެޕްޓެންބަރ 2019 | އަންގާރަ 19:00
އަދުރޭ
0-0 ގެ ސްކޯރއަކުން މެޗު ކާމިޔާބު ކުރިއްޔޭ؟