ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 17:37
ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބައެއް ލީޑަރުން
ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބައެއް ލީޑަރުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ސަރުކާރަަށް އެއް އަހަރުވާއިރު، ކޯލިޝަން އޮތީ ނަމެއްގައިތަ؟
 
މަޖިލީހުގައި ސަރުކާރުން ހުށައަޅާ ބިލްތަކަށްވެސް އެއްބާރުލުން ނުދޭ ބައެއް މެމްބަރުން އެބަތިބި
 
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވާހަކަ ޖޭޕީން ވަނީ ދައްކަން ފަށައިފަ
 
ފާޅުގައި ބައެއް ފަރާތްތަކުން ކޯލިޝަންއާ ދެކޮޅަށް މަސައްކަތް ކޮށްފައިވޭ

24 ސެޕްޓެމްބަރުގައި އިވުނު ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަކީ ރައްޔިތުން އެއް އަޑަކުން ގައުމުގެ ހަޒާނާތައް ކަހާލައި ފަޅުރަށްތައް މިލިއަން ޑޮލަރަށާއި ހިލޭ އެކި ފަރާތްތަކަށް ދިން މާހިރުގެ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނެސް އިންސާފުގެ ކުރިމައްޗަށް އެމީހަކު ގެނައުމަށް ކުރި ދަތުރުގެ ފޮނި ނަތީޖާއެވެ. ނަމަވެސް މި ކާމިޔާބީއަށް ވާސިލްވުމަށްޓަކައި ގިނަ ބަޔެއްގެ އަތެއް ވެއެވެ.

އެމްޑީޕީން ވެރިކަން ކާމިޔާބު ކުރުމަށްޓަކައި ކުރި މަސައްކަތުގައި، ކުރީގެ ރައީސް މައުމޫންއާއި އަދާލަތް ޕާޓީއާއި ޖުމްހޫރީ ޕާޓީން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އުފެދުނު ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީންވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ހުރިހާ ފަރާތްތަކަކުން ދެއްކި އެއްވާހަކައަކީ ޕާޓީތަކުން އިސްކުރާނީ، ރައްޔިތުންގެ މަސްލަހަތު ކަމަށާއި ޔާމީންގެ ސަރުކާރުގެ ހުރިހާ ބޭއިންސާފެއް ނިމުމަކަށް ގެންނާނެކަމުގެ ވާހަކައެވެ.

ވެރިކަން ލިބުނު ހިސާބުން އަނެއްކާވެސް މާޒީން ދައްކުވައިދިން ފިލާވަޅުތައް ތަކުރާރުވާން ފެށިއެވެ. މި ލިސްޓުގެ އެންމެ ކުރީގައި ހުންނަވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. އައު ވެރިކަމާއެކުވެސް މަހުޖަނަށް މުހިންމުވީ ލިބޭ ކޭކު ފޮތި ބޮޑުވެމެވެ. ދައުލަތުގެ އިސް މަގާމުތައް ޕާޓީގެ ތެރޭގައި ބަހާލުމަށެވެ. އެއީ މައްސަލައެއް ނޫނެވެ. ބޭނުން މަގާމެއް ބޭނުން މީހަކަށް ދޭންވީއެވެ.

މަހުޖަނު ގާސިމް އިބްރާހިމްއަކީ އެކީގައި މަސަތްކަތް ނުކުރެވޭ ވަރުގެ ބޭފުޅެއްކަން މިދިޔަ ހުރިހާ ރިޔާސީ އިންތިހާބުގައިވެސް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނަށާއި ރައޔިތުންނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. އެ ހެޔޮތޯ މި ހެޔޮތޯ ބަލަމުން ގޮސް ވެރިކަމުގެ ދަހިވެތިކަމުގައި އުޅުއްވާ އެއްވެސް ބޭފުޅަކަށް ކުރިއެރުމެއް ނުލިބޭނެކަން ދަންނަންޖެހެއެވެ. މަޖިލިސް އިންތިހާބުގައި އޭރު ވަގަށް ގޮވައި، އަނިޔާވެރިއަށް ގޮވައި، ގައުމުން އަރުވާލި އަނިޔާވެރިޔާގެ ނަމުން އެ ބޭފުޅަކަށް މުހާތަބުކޮށް ވާހަކަ ދެއްކެވުމަށް ފަހު، ގޮތް ހުސްވެގެންނޭ ކިޔާ ގޮސް، އަމިއްލަ ޕާޓީގެ މެމްބަރުންވެސް ރުޅި އަރުވާލުމަށް ފަހު، ބައިވެގަތީ ރައީސް ޔާމިންއާއެވެ.

ކޮންމެޔަކަސް، ސަރުކާރަށް އަހަރެއް ނުވަނީސް މިބުނާ މަހުޖަނު މީހާ އަންނަ ރިޔާސީ އިންތިހާބައްވެސް ތައްޔާރުވާން ފަށައިފިއެވެ. ކުރިޔަށް ރާވަންވެސް ފަށައިފިއެވެ. އޭރު ހަމަ އެބޭފުޅާއާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވި ސިޔާސީ ކަސްބީންތަކެއް ކައިރައަށް ގެނެސް ބައްދާވެސް ލައިފިއެވެ. އޭރު ރައްޔިތުންނަސް ވެވުނު ވައުދާ ދެއްކުނު ވާހަކަތައް ހަނދާން ނެތި، އާދައިގެ މަތިން އަމިއްލަ ތަހައްސުބު އިސްކޮށް އުޅެން ފަށައިފިއެވެ. އިހުލާސްތެރިކަމެއް ހުރިނަމަ، އެންމެ ފުރަތަމަ ކުރާނީ ކުރަން ބުނި ކަންކަމެވެ. އިސްކުރާނީ، ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށެވެ. އަމިއްލަ އެދުމެއް ނޫނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް