ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 08:57
ގްރީންގެ މެޗުގެ ތެރެއިން
ގްރީންގެ މެޗުގެ ތެރެއިން
އެފްއޭއެމް
ދިރާގު ދިވެހި ލީގު
ދަގަނޑޭގެ ފަސް ލަނޑާ އެކު ގްރީން އަށް މޮޅެއް!
 
މި މެޗު ގްރީން އިން ކާމިޔާޔާބުކުރީ 8-2 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަގަނޑޭ ކާމިޔާބުކުރި ފަސް ލަނޑާއެކު ގްރީން އިން ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކުރި ހޯދައިފިއެވެ.

މި މެޗު ގްރީން ސްޓްރީޓްސް އިން ކާމިޔާބުކުރީ 8-2 ގެ ނަތީޖާ އަކުންނެވެ.

މެޗު ފުރަތަމަ ހާފުގެ ކުރީކޮޅު ގްރީން ސްޓްރީޓްސް އިން ލަނޑު ޖަހާ ލީޑު ނެގި އިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އުމެއިރުގެ އެހީތެރިކަމާއި އެކުގައެވެ. މެޗުގައި ގްރީންއިން ކާމިޔާބުކުރި ދެވަނަ ލަނޑު ދަގަނޑޭގެ އެހީތެރިކަމާއިއެކު ކާމިޔާބުކޮށްދިނީ ރިސްވާންއެވެ.

ގްރީން ސްޓްރީޓްސް އިން ކާމިޔާބުކުރި ދެ ލަނޑާއެކު ޔުވީއިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޔޫވީގެ އަހްމަދު ނާޝިދު ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް ގްރީން އިން ވަނީ މެޗުގެ 41 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީވެސް ދަގަނޑޭއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން އިން ވަނީ އިތުރު ލަނޑެއްޖަހާ ނަތީޖާގެ ފަރަގު ބޮޑު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 4-1 ގެ ނަތީޖާއަކުން ގްރީން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ގްރީނުން ވަނީ ފުލުފުލުގައި ޔޫވީގެ ގޯލަށް ހަމަލާތައް ފޮނުވައިލައިފައެވެ. މެޗުގެ 48 ވަނަ މިނެޓުގެ ގްރީން އިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބޮބީއެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ގްރީން އިން ކާމިޔާބުކުރި ހަވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްފައެވެ. މެޗުގައި ޔޫވީ އިން ކާމިޔާބުކުރި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނިކުތް މިރާހްއެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ދަގަނޑޭ އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑު ކާމިޔާބުކުރި އިރު މެޗުގެ 86 ވަނަ މިނެޓުގައި ގްރީންގެ އަށްވަނަ ލަނޑު ދަނގަޑޭގެ އެހީތެރިކަމާއިއެކު، ކާމިޔާބު ކޮށްދިނީ ޔާނުއެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ގްރީން ތާވަލުގެ ދެވަނައަށް ޖެހިލީ ކުޅުނު 8 މެޗުން ލިބުނު 15 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް އީގަލްސްއަށް 7 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް