ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 08:49
މީޑިއޭޓަރ ބޭސް
މީޑިއޭޓަރ ބޭސް
ބީބީސީ
ބަރުދަން ލުއިކުރުން
ބަރުދަން ލުއިކުރާ ބޭހެއް ބޭނުންކޮށްގެން 2000 އަށްވުރެ ގިނަ މީހުން މަރުވި މައްސަލައިގެ ޝަރީއަތް ފަށައިފި
 
ޝަރީއަތުގެ މަރުހަލާ 6 މަހަށް ދިގުދެމިގެންދާނެ ކަމަށް ލަފާކުރެވިފައިވޭ
 
މި ބޭސް 2009 ވަނަ އަހަރު މާރކެޓަށް ނެރުން މަނާކޮށްފައިވޭ
 
ބޭސް އުފެއްދީ ސަރވިއަރ ނަމަކަށް ކިޔާ ކުންފުންޏަކުން

ބަރުދަން ލުއިކުރުމަށްޓަކައި ފްރާންސްގައި އުފައްދާފައިވާ ބޭހެއް ބޭނުންކޮށްގެން 2000 އަށްވުރެ ގިނަ މީހުން މަރުވި މައްސަލައިގައި އެބޭސް އުފެއްދި ކުންފުންޏާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ފަށައިފިއެވެ.

ސަރވިއަރ ނަމަކަށް ކިޔާ ކުންފުންޏަކާއި ދެކޮޅަށް އުފުލާފައިވާ މި ދައުވާގެ ޝަރީއަތް ފަށާފައިވާއިރު، އެ ކުންފުންޏާއި ދެކޮޅަށް ކޮށްފައިވަނީ ގަސްދެއްނެތި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާއި، އޮޅުވާލުމުގެ ދައުވާއެވެ. ނަމަވެސް ސަރވިއަރ ކުންފުނިން ވަނީ މި ދައުވާއަށް އިންކާރުކޮށްފައެވެ. އެގޮތުން އެ ކުންފުނިން ބުނެފައިވަނީ މި ބޭހުގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތަކާއި "ސައިޑް އިފެކްޓްސް" އާއި ގުޅޭގޮތުން އެއްވެސް ބަޔަަކަށް އޮޅުވާލައިގެން ބޭސް ވިއްކާފައިނުވާނެ ކަމަށެވެ.

މި ބޭސް 2009 ވަނަ އަހަރު މަރކެޓަށް ނެރުން މަނާކޮށްފައިވާއިރު، އެހިސާބަށް ގާތްގަނޑަކަށް 2000 މީހުން މި ބޭހުގެ ސަބަބުން މަރުވެފައިވާކަމަށް އެ ޤައުމުގެ ސިއްހީ ތަޖުރިބާކާރުންނާއި ހަވާލާދީ ނޫސްތަކުން ރިޕޯރޓްކޮށްފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ހަ މަހަށް ދިގުދެމިގެންދާނެ ކަމަށް ލަފާކުރެވިފައިވާއިރު، އެހާ ނުރައްކާތެރި ބޭހެއް މާކެޓަށް ނެރެން ހުއްދަދީފައިވާގޮތްވެސް ބެލެވިގެންދާނެއެވެ. އެގޮތުން މި މައްސަލައިގެ ޝަރީއަތުގައި ސްޓޭޓުގެ ބޭސް ރެގިއުލޭޓް ކުރާ ފަރާތްތައްވެސް ހިމެނިފައިވެއެވެ.

މީޑިއޭޓަރގެ ނަމުން ނަންދެވިފައިވާ މި ބޭސް އުފައްދާފައިވަނީ 1976 ގައެވެ. އެގޮތުން މި ބޭހުގެ ނުރައްކާތެރި ކަމުގެ ސަބަބުން 2000 ގެ އަހަަރުތަކުގެ ކުރީކޮޅުގައި ޔޫރަޕްގެ ބައެއް ޤައުމުތަކުންވަނީ މި ބޭސް ވިއްކުން މަނާވެސް ކޮށްފައެވެ. މި ބޭސް މަނާކުރި ބައެއް ޤައުމުތަކުގެ ތެރޭގައި ސްޕެއިންއާއި އިޓަލީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
15%
0%
48%
33%
0%
4%
ކޮމެންޓް