ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 23:38
ލަނޑަށްފަހު ވެސްޓްހަމުން އުފާ ފާޅު ކުރަނީ
ލަނޑަށްފަހު ވެސްޓްހަމުން އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު: ވެސްޓްހަމް އަތުން ބަލިވެ ޔުނައިޓެޑަށް އިތުރު މާޔޫސް ކަމެއް!
 
މި މެޗު ވެސްޓްހަމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓްހަމް ޔުނައިޓެޑް އަތުން ބަލިވެ ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑަށް މާޔޫސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ވެސްޓްހަމް ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ވެސްޓްހަމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާ އުފައްދައިފައިވަނީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓްހަމުން އެޓީމުގެ ކުޅުން ރަނގަޅުކޮށް މެންޗެސްޓަރ ގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ.

ވެސްޓްހަމުން ވަނީ މެޗުގެ 44 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފިލީޕޭގެ އެހީތެރިކަމާއެކު، ޔަމެލެންކޯއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވެސްޓްހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސްޓްހަމުން ގިނަ ހަމަލާތަކެއް ޔުނައިޓެޑުގެ ގޯލަށް ފޮނުވައިލައިފައި ވާއިރު އެޓީމުގެ ފަރާތުން މި ހާފުގައި ފެނިގެން ގޮސްފައިވަނީ މޮޅު އެޓޭކިންގ ގޭމެކެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ވެސްޓްހަމުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރެސްވެލްއެވެ.

މި ނަތީޖާއާއެކު ލިބުނު 11 ޕޮއިންޓާއެކު ވެސްޓްހަމުން ވަނީ ލީގު ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލަށް 18 ޕޮއިންޓް ލިބިފައިވާއިރު މެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 8 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް