ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 19:45
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ޔޫތް މިނިސްޓްރީ
ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
 
މަސައްކަތް ފަށާ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ
 
މިތިން މަޝްރޫއަށް ޖުމްލަ 7.5 މިލިއަން ރުފިޔާ ޚަރަދުވާނެ

ރ. ދުވާފަރު، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީ ހުޅުދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެތަކުގެ ސަބްސެބޭސް ތައްޔާރުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު މަހުލޫފް ވިދާޅުވީ ފުޓްބޯޅަ އަކީ ހަމައެކަނީ ގަލޮޅު ދަނޑުގައި ކުޅޭ ކުޅިވަރެއްގެ ގޮތުގައި މީހުން ދެކޭދެކުން ނިމުމަކަށް ގެންނަން ޖޭހޭ ކަމަށާއި، ފުޓްބޯޅާގެ ޖޯޝުގަނައުމަށް ފުޓްބޯޅަ މުބާރާތްތައް އަތޮޅުތަކުގައި ކުރިޔަށް ގެންދަންޖެހެވެ. އަދި މިމުބާރާތްތަކުން މޮޅި ކުޅުންތެރިން ފެނި އެޒުވާނުންނަށް ގައުމީ ޓީމުން ފުރުސަތު ހޯދައިދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. މިތިން މަޝްރޫއަށް ގާތްގަނޑަކަށް ޖުމްލަ 7.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް ޔޫތް މިނިސްޓްރީން މައުލުމާތު ދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް