ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 18:58
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރިޔާސީ އިންތިހާބަށް އެއް އަހަރު: ނަތީޖާތައް ރަނގަޅުތަ!
 
ބައެއް ބަދަލުތައް ފެނިގެންދިޔަނަމަވެސް، އެކަށީގެންވާ ނަތީޖާތަކެއް ނުފެނޭ

އަނިޔާވެރި ހުދުމުތާރުވެރިކަމެއްގެ މައްޗަށް ރައްޔިތުން ކާމިޔާބު ހޯދީ މީގެ އެއް އަހަރުކުރިންނެވެ. އެއީ 23 ސެޕްޓެމްބަރ 2018 ގައި ނެގުނު ވޯޓުގައި ހޯދި ބޮޑު ކާމިޔާބާއެކު އެވެ. ބޮޑެތި ކިއޫތަކާއެކު، ވޯޓުލާ މަރުކަޒުތައް ފުރާލާ ރައްޔިތުން އެ ބަދަލު ގެނައި ވަރަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ރައްޔިތުންނަށް އަދަށްވުރެ، ފަހި މާދަމާއެއް ފެންނާނެކަމުގެ ހުވަފެނުގަ އެވެ.

އެ ތާރީހަށް އެއް އަހަރުވެގެންދާއިރު، މިއަދުގެ ސުވާލަކީ ރައްޔިތުން އެ ދުވަހު ދެކުނު ހުވަފެންތައް ހަޤީޤަތަކަށްވޭތޯ އެވެ. ރައްޔިތުން އެ ދުވަހު އުއްމީދުކުރި ބަދަލުތައް ފެންނަމުންދޭތޯ އެވެ.

މި ސުވާލުތަކާއެކު ގަބޫލުކުރަންޖެހޭ އެއް ހަޤީޤަތެއް އެބައޮތެވެ. އެއީ އިދިކޮޅު ފަރާތްތަށް ގޮތުގައި ތިބެ އޭރުގައި ވާހަކަދެއްކުނު މިންވަރަށްވުރެ ދައުލަތް ހިންގައިގަތުމަށް އުދަނގޫކަމެވެ. ހީކުރި މިންވަރަށްވުރެ ބޮޑަށް މުޅި ނިޒާމް އޮތީ އެއްކޮށް ހަރާބުކޮށްލާފައިކަމެވެ. އެ ސަބަބާހުރެ ކިތަންމެ ބޭނުންވިނަމަވެސް ބައެއް ކަންތައްތައް ބަދަލުކުރުމަކީ އަލަށް ހަވާލު ބަޔަކަށް ކުރަން މާ ފަސޭހަކަމަކަށްނުވި އެވެ. އެކަން އެނގޭ އެއްކަމަކީ ހުވާކުރި ތާރީހަށް އެއް އަހަރުވުމަށްދާއިރު، އަދިވެސް ދައްކަންޖެހެނީ ކުރީ ސަރުކާރުގެ ވާހަކަތަކަށްވުމެވެ. އެ ސަރުކާރުން އޮތީ މިވެނިކަމެއް އެވެނި ގޮތަކަށް ކޮށްފައިކަމަށްވުމުން އެކަންކަން ބަދަލުކުރުމަށް އުދަނގޫކަމަށް ބުނަންޖެހުމެވެ. ކުރުގޮތަކަށް ބުނާނަމަ، މުޅި ސަރުކާރުގެ އެންމެ ބޮޑު ގޮންޖެހުމެއްގޮތުގައި އަދިވެސް އޮތީ ޔާމީންކަމަށްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭން ހަރަކާތެއްގައި -- ފޮޓޯ: ރާއްޖެ.އެމްވީ

ވެރިކަމެއް ބަދަލުކުރުމަށް ރައްޔިތުން ވޯޓެއްލި ތާރީހަށް އެއް އަހަރުވާއިރު، ރަނގަޅު ބޮޑެތި ބަދަލުތަކެއްވެސް ވަނީ ގެނެސްފަ އެވެ. ހިންގުމުގެ ނިޒާމް އެފުން މިފުށަށްޖަހައި، އިތުބާރު ކުރަވަނިވި ނިޒާމެއް ވަނީ ޤާއިމްކޮށްފަ އެވެ. ކަރަންޓުގެ އަގު އެއްހަމަކުރުމުން ފެށިގެން، 6 މަސް ދުވަހުގެ ޗުއްޓީ އާއި، ހެނދުނު ނާސްތާ އާއި، ހިލޭ ޑްގްރީއަށް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފަ އެވެ. މިއީ ތަރައްޤީގެ މަޝްރޫއުތައް އެއް ފަރާތްކުރުމަށްފަހު، އިދާރީ ކަންތައްތަކުގެ ތެރެއިން ސަރުކާރުން ގެނެސްފައިވާ ބަދަލުތަކެވެ.

6 ރަށެއްގެ ބަނދަރުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ނޮވެންބަރު ނިމުމުގެ ކުރިން، 21 ރަށެއްގެ ބަނދަރު ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. 4 މިސްކިތެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، 6 ރަށެއްގައި މަގުހެދުމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދެ އެވެ. ދެ ރަށެއްގެ އިތުރު ކޮންޓްރެކްޓް މިހަރު ވަނީ ހަވާލުކުރެވިފައެވެ.

20 ރަށެއްގެ ފެނާއި ނަރުދަމާގެ ކޮންޓްރެކްޓް ހަވާލުކުރެވިފައިވާއިރު، އިތުރު 14 ރަށެއް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ވަނީ ތައްޔާރުކުރެވިފައެވެ. މަދުވެގެން 20 ރަށުގެ ޢަމަލީ މަސައްކަތް ނޮވެންބަރުގައި ފެށޭނެކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ، 12 ސްކޫލްގެ ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް މި އަހަރު ފެށިގެން ކުރިއަށްދާއިރު، އޭގެއިތުރުން، 4 ސްކޫލްގެ ކޮންޓްރެކްޓް މިހާރުވަނީ ހަވާލުކުރެވިފައެވެ. ޖުމްލަ 35 މަޝްރޫޢެއްގެ މަސައްކަތް ސްކޫލްތަކުގައި ނޮވެންބަރު މަހު ފެށިގެންދާނެކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ. ކަރަންޓްގެ ޚިދުމަތަށް ބަލާއިރު، މިހާރު 53 ޖަނަރޭޓަރު ވަނީ ފޯރުކޮށްދީފަ އެވެ. އެއީ ގާތްގަނޑަކަށް 150 މިލިއަނަށްވުރެ ބޮޑު ޚަރަދެއްކޮށްގެންނެވެ. އިންޖީނުގެ ރިލޮކޭޓް ކުރުމާއި، ހުރިތަން ބަދަލުކުރުން، 16 ރަށެއްގައި ކުރިއަށް ކުރިއަށްދެ އެވެ. އަދި މުޅި ޖުމްލަ 67 ރަށެއްގައި ތަރައްޤީއާ ގުޅޭ 77 މަޝްރޫޢުތައް، އަލަށް ފަށައިގެން ހިނގަމުން ގެންދެ އެވެ.

މިއީ ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ ބައެއް މަޝްރޫއުތަކެވެ. އޭގެއިތުރުން 9200 ހައުސިން ޔުނިޓްގެ މަސައްކަތާއި، 15000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށްވާންޖެހޭ ތަރައްޔާރީތައް އަންނަނީވަމުންނެވެ. މާލެ ސަރަހައްދުގައި އިތުރު ބްރިޖުތަކުން ގުޅާލުމުގެ މަސައްކަތާއި، ވިޔަފާރިވެރިންގެ ބަނދަރު ބަދަލުކުރުމުގެ މަސައްކަތާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ރަށްތައް ތަރައްޤީކުުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭން ހަރަކާތެއްގައި -- ފޮޓޯ: ރާއްޖެ.އެމްވީ

އެހެންކަމުން މިކަމުގައި ސަރުކާރުން ނަތީޖާތައް ނެރެފައިވާކަމަށް ބުނެވިދާނެ އެވެ. ނަމަވެސް ރައްޔިތުން މި ބޮޑު ބަދަލު ގެނައި ބައެއް ސަބަބުތައް އަދިވެސް އޮތީ ހާސިލްނުވެ އެވެ. ބައެއް މަޤާމުތަކުގައި އަދިވެސް ތިބީ ހުދުމުތާރުވެރިކަމުގެ ބައިވެރިންނެވެ. ރައްޔިތުންނަށް އަނިޔާވެރިވި މީހުންނެވެ. އެކަން އެގޮތަށް ހިނގުމަކީ ރައްޔިތުން މި ބަދަލު ގެނައި ސަބަބެއް ނޫނެވެ.

ފްލެޓުތައް އޭގެ ހަޤުވެރިންނަށް ނުލިބުމާއި، މަރުތަކަށް އިންސާފު ނުލިބުމަކީ ރައްޔިތުންގެ މިއަދުވެސް ޝަކުވާތަކެވެ. ރައްޔިތުންގެ ދިރިއުޅަށް ސީދާ ބޮޑު ލުޔެއް ނުލިބުމަކީވެސް ހަމަ ރައްޔިތުން މި ބަދަލު ގެނައި ސަބަބުތަކުގެ ތެރެއިން އަދިވެސް ހާސިލްނުވެ ހުރި ކަންތައްތަކެވެ. ވާޒީފާ ގެއްލުނު ފަރާތްތަކަށް އޭގެ ބަދަލު ނުލިބުމާ، މިފަދަ އެތަށްކަމެއް ހުރީ އަދިވެސް ހާސިލްނުވެ އެވެ.

ރައްޔިތުންގެ މިއަދުގެވެސް އުއްމީދަކީ، ރައްޔިތުން ބަދަލު ގެނައި ސަބަބާއި އެއްގޮތަށް ކަންތައްތައް ހިނގައިދިއުމެވެ. އަވަސް ނަތީޖާތަކެއް ފެނިގެން ދިއުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
4%
13%
0%
79%
0%
4%
ކޮމެންޓް
23 ސެޕްޓެންބަރ 2019 | ހޯމަ 22:53
ާއަލީ
ޜާއްޖެ ޓިވި އަދި މވ އަށް މިސަރުކާރު ގޯސްވެއްޖިއްޔާ އެކަންވާނީ ޖޯކަކަށް
23 ސެޕްޓެންބަރ 2019 | ހޯމަ 19:36
ރަށުމީހާ
ވޯޓުޅެވުނީ ތީހިތާމަކުރައް 1އަހަރުވީ އުރުރާއްޖެ ދިޔައީމީގެ 50 އަހަރު ފަހަތައް ވެރިކަމައް ސުމެއް އުސްތުއުފާދީ ފަޖަޅައް ދާންތައްޔާރުވޭ