ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 17:23
އެއާރ އިންޑިއާގެ ފްލައިޓް
އެއާރ އިންޑިއާގެ ފްލައިޓް
އެރަބް ނިއުސް
އިންޑިއާ
އިންޑިއާ ސަރުކާރުން އެއަރ އިންޑިއާ ވިއްކާލަނީ
 
ކުންފުނިތައް ވިއްކާލަނީ 2020 ވަނަ އަހަރުގެ މާޗް މަހާއި ހަމައަށް އަންނަ އިރު 600 ބިލިއަން ރުޕީސް ހޯދުމަށް
 
ކުންފުނިތައް ވިއްކާލުމަށް ގަސްތުކަރނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ނުވަތަ 2020 އަހަރުގެ ކުރީކޮޅު
 
ބަހާރާތް ޕެޓްރޯލިއަމް ކޯރޕް ލިމިޓެޑްއާއި ކޮންޓައިނަރ ކޯރޕް އޮފް އިންޑިއާ ވެސް ވިއްކާލުމަށް ސަރުކާރުން ވިސްނާ

އެއަރ އިންޑިއާ އަދި ސަރުކާރުގެ ހިއްސާ އޮންނަ އިތުރު ދެ ކުންފުނި ވިއްކާލާނެ ކަމަށް އިންޑިއާގެ ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ބަހާރާތް ޕެޓްރޯލިއަމް ކޯރޕް ލިމިޓެޑްއާއި ލޮޖިސްޓިކްސް ކުންފުނި ކޮންޓައިނަރ ކޯރޕް އޮފް އިންޑިއާ ލިމިޓެޑް ވެސް ވިއްކާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ، 2020 ވަނަ އަހަރުގެ މާޗް މަހާއި ހިސާބަށް އަންނައިރު 600 ބިލިއަން ރުޕީސް ހޯދުމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލް މައުލޫމާތުދެއެވެ. 2019 ވަނަ އަހަރު ނިމުމުގެ ކުރިން ނުވަތަ 2020 އަހަރުގެ ފުރަތަމަ ކޮޅު ކުންފުނިތައް ވިއްކާލާނީ ބޭރުގެ ކުންފުންޏަކަށް ނުވަތަ އިންޑިއާގެ ވިޔަފާރިވެރިއެއްގެ ކުންފުންޏަކަށެވެ.

ޕްރައިމް މިނިސްޓަރުގެ އޮފީހުން ވަނީ ފިނޭންސް މިނިސްޓްރީއިން ސަރަކާރުގެ ހިއްސާއޮންނަ ކުންފުނިތައް މިގޮތަށް ވިއްކާތީވެ ނުރުހުން ފާޅުކޮށްފައެވެ. ފިނޭންސް މިނިސްޓްރީއިން ވަނީ މީގެ ކުރިން ހިންދުސްތާން ޕެޓްރޯލިއަމް ކޯރޕް ލިމިޓެޑް، އޮއިލް އެންޑް ނެޗުރަލް ގޭސް ކޯރޕް ލިމިޓެޑަށް ވިއްކާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
10%
14%
10%
38%
14%
ކޮމެންޓް
30 ސެޕްޓެންބަރ 2019 | ހޯމަ 09:53
ޢިބޫ
ރާއްޖެއިން ގަންނަގޮތަށް