ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 13:44
އަރިއަޅާފައިވާ އިމާރާތް
އަރިއަޅާފައިވާ އިމާރާތް
އައިޝަތު ޝާނީ
އަލިފާނުގެ ހާދިސާ
އަރިއަޅަފައިވާ އިމާރާތް ރޫޅާލުމަށް ދަނީ ތައްޔާރުވަމުން : އެމްއެންޑީއެފް
 
މިއަދުގެ ވަގުތެއްގައި އެ އިމާރާތް ރޫޅާލާނެ

ހުކުރު ދުވަހުގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ހިފި އިމާރާތުގެ ތެރެއިން އަރިއަޅާފައިވާ އިމާރާތް ރޫޅާލުމަށް ތައްޔާރުވަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖެޓީވީއަށް މައުލޫމަތު ދެއްވމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަރިއަޅާފައިވާ އިމާރާތް ހަދާފައިވަނީ ދަނގަޑުން ކަމަށާއި ގިނަ އިރުތަކެއް ވަންދެން އަލިފާން ނުނިވި ހުރުމާއެކު، ނިއްވާލަން އުޅުމުގެ ތެރޭގައި ޕްރެޝަރުގައި ފެން ދޫކުރުމުގެ ސަބަބުން އިމާރާތް އަރިއަޅާފައިވާކަމަށެވެ. އަދި މިހާރު އެ އިމާރާތް ރޫޅާލުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެ ސަރަހައްދު ސާފުކުރުމަށް ކެނޑިނޭޅި މަސަތްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ސަރަހައްދު މޮނިޓަރ ކުރުމަށް އެމްއެންޑީއެފްގެ އިތުރުން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ހުކުރު ދުވަހުގެރޭ ހެންވޭރު އަބަދަށްފެހިމަގުގައި ހުންނަ ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އެ ހާދިސާގައި އެކަކު މަރުވެ 400 ގިނަ މީހުން ގެދޮރު ވަނީ ގެއްލިފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެެރިވި ސަބަބު މިހާތަނަށް އެއްވެސް ފަރާތަކުން ބުނެފައިނުވާއިރު، ހާދިސާގައި ލިބުނު ގެއްލުން އަންދާޒާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަލިފާނުގެ ހާދިސާ އަށް ފަހު ހާލުގައި ޖެހުނު ފަރާތްތަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުގެ އިތުުރުން ދިވެހި ރެޑް ކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ބައެއް މީހުން މިހާރު ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
33%
0%
0%
33%
0%
33%
ކޮމެންޓް