ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 15:55
އަނުޝްކާ ޝަރްމާ
އަނުޝްކާ ޝަރްމާ
ގަލްފް ޓައިމްސް
ފޯޗިއުން އިންޑިއާ
ފޯޗިއުން އިންޑިއާގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގައި އަނުޝްކާ
 
މިކަން އިއުލާން ކޮށްފައިވަނީ އާދިއްތަ ދުވަހު

ފޯޗިއުން އިންޑިއާގެ 2019 ވަނަ އަހަރުގެ އެންމެ ނުފޫޒު ގަދަ 50 އަންހެނުންގެ ލިސްޓުގައި އަނުޝްކާ ޝަރްމާ ހިމެނިއްޖެއެވެ.

2008 ވަނަ އަހަރު ނެރުނު ފިލްމު ''ރަބްނޭ ބަނާދީ ޖޯޅީ'' އިން ބޮލީވުޑަށް ނިކުތް އަނުޝްކާ އެ ލިސްޓުގައި ހިމެނިފައިވަނީ 39 ވަނަ އަށެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނުނު އެންމެ ޒުވާން އަންހެން ފަރާތެވެ.

އުމުރުން 31 އަހަރުގެ އަނުޝްކާ ވަނީ މިހާތަނަށް 20 ފިލްމެއް ކުޅެފައެވެ. އެ ފިލްމުތަކުގެ ތެރެއިން ގިނަ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބުތައް ހޯދާފައިވާ ފިލްމުތަކެކެވެ. އޭގެ ތެރޭގައި ރަންވީރު ސިންހް އާއި އެކު ކުޅެފައިވާ '' ބޭންޑް ބަޖާ ބާރާތް''، ޝަހްރުކް ހާން އާއެކު ކުޅެފައިވާ ފިލްމު ޖަބްތަކްހޭ ޖާން، ޕީކޭ، ސުލްތާން، އަދި އޭދިލްހޭ މުޝްކިލް ހިމެނޭއެވެ.

2012 ވަނަ އަހަރުން ފެށިގެން ފޯބްސް އިންޑިއާސް ސެލެބްރިޓީ 100 ގެ ލިސްޓުގައިވެސް އޭނާ ވަނީ ހިމެނިފައިވެއެވެ. އަނުޝްކާ ކައިވެނި ކޮށްގެން އުޅެނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
25%
0%
50%
25%
0%
ކޮމެންޓް