ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 12:58
ޓެންޒޭނިއާގެ ސިއްހީ އޮފިޝަލުންތަކެއް
ޓެންޒޭނިއާގެ ސިއްހީ އޮފިޝަލުންތަކެއް
ސައުދީގެޒެޓް
އެބޯލާ ވައިރަސް
ޓެންޒޭނިއާ އިން އެބޯލާ ޖެހިފައިވާ މީހުންގެ މައުލޫމާތު ހިއްސާ ނުކުރާ ކަމުގެ ތުހުމަތުތައް
 
އެ ގައުމުން އެބޯލާ ނައްތާލެވިފައިވާ ކަމަށް މީގެ ކުރިން ވަނީ ބުނެފައި
 
ޓެސްޓްތަކުގެ މައުލޫމާތު ފޯރުކޮށްދީފައި ނުވޭ

ޓެންޒޭނިއާ އިން އެބޯލާ ނައްތާލުމަށް ކުރާ މަސައްކަތުގައި، އެބައްޔަށް ޝައްކުވާ މީހުންގެ މައުލޫމާތު ފޯރުކޮށްނުދޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަރނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ތުހުމަތު ކޮށްފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ، ޓެންޒޭނިއާގެ ވެރިރަށް ދާރް އެ ސަލާމް ގައި އެބޯލާ އަށް ޝައްކު ކުރެވޭ 10 މީހަކު ކަރަންޓީނު ކޮށް، އޭގެ ތެރެއިން އެކަކު އެބޯލާ އަށް ޕޮޒިޓިވް ވެފައިވާ ކަމުގެ މައުލޫމާތު އެ ޖަމްއިއްޔާ އަށް ލިބިފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޭސްތަކުގެ މައުލޫމާތު ހޯދަން ޓެންޒޭނިއާގެ ކަމާއިބެހޭ ފަރާތްތަކުގައި އެތައް ފަހަރު މަތިން އެދުމުންވެސް އެ މައުލޫމާތު ފޯރުކޮށްދީފައިނުވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ބަޔާނުގައި އިތުރަށް ބުނީ، އެ ގައުމުން އެބޯލާ ވައިރަސް ނައްތާލެވިފައިވާ ކަމަށް މި މަހުގެ 14 ވަނަ ދުވަހު އޮފިޝަލުން ބުނެފައިވާ ކަމަށާއި، އިތުުރު ޓެސްޓްތައް ޑަބްލިއުއެޗްއޯ ސެންޓަރުގައި ހެދުމަށް އެދުމުން އެގައުމުން އެކަމާއި ދެކޮޅު ހަދާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެބޯލާ ވައިރަސް ޖެހުނު މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމުގެ މައުލޫމާތު ޑަބްލިއުއެޗްއޯ އަށް ވަނީ ލިބިފައިވެއެވެ. އެ އިދާރާއިން ބުނީ، ކްލިނިކް ގައި ހެދި ތަހުލީލުގެ މައުލޫމާތާއި އޭގެ ނަތީޖާގެ އިތުރުން ލެބްރޯޓަރީގައި ހަދާފައިވާ ޓެސްޓް ތަކުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައި ނުވާތީ ބަލިޖެހެން މެދުވެރިވި ސަބަބު ދެނެގަންނަން އުދަގޫ ވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގައި އެބޯލާގެ ސަބަބުން 2،103 މަރުވި ފަހުން އިރުމަތީ އެފްރިކާގެ ގައުމުތަކުގައި އެބޯލާ ވައިރަސްގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. ޔުގާންޑާގައިވެސް ހަތަރު މީހަކު ވަނީ އެބޯލާ ޖެހިގެން މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް