ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 22:22
ހުމާމް ރާއްޖެޓީވީއަށް އިންޓަވިއު ދެނީ
ހުމާމް ރާއްޖެޓީވީއަށް އިންޓަވިއު ދެނީ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ: ކުޑަކުޑަ ހުމާމްއަށް ހިތްވަރު ލިބުނީ ބޭބެގެ ބަސްތަކުން!
 
ހޯޕް ލިބުނީ ބޭބެގެ ބަސްތަކުން
 
ހުމާމް ހީކުރީ ގޮވާ އަޑު އިވުމުން، ހޮނެއް އެޅީ ކަމަށް
 
އަބަދަށްފެހި މަގުގައި އަލިފާން ރޯވީ ހުމާމް ފިލާވަޅު ދަސްކުރަން އިންދާ

ހުކުރު ދުވަހުގެ ރޭ އަބަދަށްފެހި މަގުގައި އަލިފާން ރޯވި ވަގުތު މަޖީދިއްޔާ ސުކޫލްގައި ކިޔަވަމުން އަންނަ އުމުރުން 11 އަހަރުގެ މުހައްމަދު ހުމާމް ހުސެއިން އިނީ އޭނާގެ ގެ، ހ. އަދޫގައި ފިލާވަޅު ދަސްކުރާށެވެ. ފިލާވަޅު ދަސްކުރަން އިންދާ އެއްޗެއް އަނދާ ވަސްދުވާތީ އޭނާގެ ދައްތާއާ އެއްކޮށް ގޮސް ބެލްކަނިން ބޭރު ބަލާލިއެވެ. އެވަގުތު ބޭރުން ފެންނަން ހުރީ ހުސް ދުމުވެ. އެހެންނަމަވެސް އެކުޑަކުޑަ ހުމާމް އެކަމާ މާބޮޑު ފިކުރެއް ނުކޮށް، އިޝާ ނަމާދަށް ބަންގި ގޮވުމާއެކު އަވަސްވެގަތީ ނަމާދު ކުރުމަށެވެ. އޭނާ ނަމާދު ކުރަން ހުއްޓާ ވަރަށް ބާރު އަޑެއް ގޮވުމާއެކު، ސިއްސައިގެން ދިޔައެވެ. ވަގުތުން ނަމާދު ހުއްޓާލުމަށްފަހު، ދައްތައާއެކު ބޭރު ބަލައިރު ގެ ކުރިމަތީގައި ހުރި ގުދަނުގެ ބޮޑު ހުޅުގަނޑު ފެނިގެން ދިޔައެވެ.

އެވަގުތު އެންމެ ބިރުގަތީ އަލިފާން މައްޗަށް އެރީމަ. އަލިފާން ހަމަ ފެނޭ މައްޗަށް ވަރަށް ރީއްޗަށް، އީރާނުގޭގައި ހުރީ ރޯވެފައި އޭރު
ހުމާމް ބުންޏެވެ.

ކުރާނެ ކަމެއް ނޭނގިގެން ހުމާމް ގޮވީ އޭނާގެ މަންމައަށެވެ. އާއިލާ އެންމެން ފޯނު ނެގުމަށްފަހު އެމްއެންޑީއެފް އަށާއި ފުލުހުންނަށް ކެނޑިނޭޅި ގުޅަމުންދިޔައެވެ. އެވަގުތުގެ ގޮތުންނާއި ހާލަތުގެ ސީރިއަސްކަމުން އިތުރަށް ކަންތައް ކުރަންވީ ގޮތެއް ނޭނގުމުން ހުމާމްގެ މަންމަ ގުޅީ ރާއްޖެއިން ބޭރުގައި ހުރި އޭނާގެ ފިރިހެން ދަރިފުޅަށެވެ. ދަރިފުޅަށް ގުޅުމުން ތެތް ތުވާލި އޮޅައިގެން ގޭގެ ތިރިއަށް ފޭބުމަށް ބުންޏެވެ.

އޭރު ހިތަށް އެރީ މާތްﷲ މިކަމުން ސަލާމަތްކުރައްވާށި އޭ. އެހެން އަބަދުވެސް ހިތުގައި އޮތީ. އެހާ ޔަޤީންކަން އޮތީ ސަލާމަތްވާނެ ކަމަށް އަޅުގަނޑުގެ ދޮންބޭބެ ތުވާލި އަޅައިގެން ނިކުންނާށޭ ބުނުމުން. އޭގެން ވެސް ހޯޕް ލިބުމުން
ހުމާމް ބުންޏެވެ.

ބޭބެގެ އިރުޝާދުގެ މަތިން ގޭގައި ތިބި އެންމެން ސިޑިން ތިރިއަށް ފޭބިއެވެ. ސިޑިން ފޭބިތަނާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި ފުލުހުން އެ އާއިލާއަށް އެހީތެރިކަން އިތުރަށް ފޯރުކޮށްދިނެވެ. ތަކުރާރުކޮށް ސުވާލުކޮށްލުމުން ވެސް ހުމާމް ބުނީ މިހާރު އެންމެ ދެރަވާ ކަމަކީ ގެއަށް ނުދެވޭތީ ކަމަށެވެ.

އަޅުގަނޑު ވަރަށް ދެރަވި އަސްލު ގޭގައި އަލިފާން ރޯވީމަ. އަޅުގަނޑުގައި އައީ ހުރިހާ އެއްޗެއް ބަހައްޓާފައި މަންމައާ ދޮންދައްތަގެ ފޯން އެކަނި ހިފައިގެން. ގޭގައި ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނީ ސުކޫލް ފޮތްތަކާއި ހެދުމާއި ހުރިހާ އެއްޗެއް ދޫކޮށްފައި އައީ. ވަރަށް މިސްވޭ ގެ މަތިން
ހުމާމް ބުންޏެވެ.
ގްރޭޑް 5 ގައި ކިޔަވަމުން އަންނަ ހުމާމް

ހުމާމްގެ އާއިލާ މިހާރު ދިރިއުޅެމުންދަނީ ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ފޯރުކޮށްދީފައިވާ ވަގުތީ ހިޔާގައެވެ. ކުޑަކުޑަ ހުމާމްގެ ނަސޭހަތަކީ އެންމެންވެސް ގޭގައި އަލިފާން ނިއްވާފަދަ އާލަތްތައް ގެންގުޅުމަށާއި ރައްކާތެރިވެ ތިބުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
2%
1%
94%
1%
1%
1%
ކޮމެންޓް
23 ސެޕްޓެންބަރ 2019 | ހޯމަ 00:09
މުހައްމަދު
ނުރައްކާތެރިއަލިފާނުގެޙާދިސާއިން އެންމެފުރާނައެއްފިޔަވާ އެންމެންސަލާމަތްވިކަމައްޓަކާﷲށްޙަމްދު ކުރަން ﷲތަޢާލާ މަރުޙޫމާ ޝައުނާގެފުރާނަޔަށް ހެޔޮރަޙުމަތްލައްވާސުވަރުގެމިން ވަރުކުރައްވާށި އަދިތިޔައެންމެބޭފުޅުންނަށްކެއްތެރިކަން ދެއްވާށި އާމީން