ބުދަ 16 އޮކްޓޯބަރ 2019
13 ހިތަ
1441 ސަފަރު 17
ފަތިސް 04:38
އިރުއަރާ 05:49
މެންދުރު 11:56
އަސްރު 15:10
މަޣްރިބް 17:54
އިޝާ 19:06
ރާއްޖެ - ކެމިކަލް ގުދަނުގެ ބޮޑު އަލިފާން

އަލިފާނުގެ ހާދިސާއާ ގުޅުން ނެތް 57 ބިދޭސީއަކު ބޯހިޔާވަހިކަމަށް އެދި އައިސްފައިވޭ: ޑިޒާސްޓަރ

  • ދިވެހިންގެ އިތުރުން ބިދޭސީންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވޭ
  • އެ ފަރާތްތައް ކުރިން ތިބީ ޔޫތު މިނިސްޓްރީގެ އެކަމަޑޭޝަނެއްގައި
  • 247 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަވާފައިވޭ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 22 ސެޕްޓެންބަރ 2019 | އާދީއްތަ 19:50 8,688

ކެމިކަލް ގުދަނުގެ އަލިފާނުގެ ހާދިސާ - ޝުއައިބް މުހައްމަދު އިގްބާލް

ހުކުުރު ދުވަހުގެރޭ މާލޭ ކެމިކަލް ގުދަން ތަކެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅުން ނެތް 57 ބިދޭސީއަކު އެހީއަށް އެދި ހުށައަޅާފައިވާ ކަަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ދިވެހިންގެ އިތުރުން ބިދޭސީންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި އަލިފާނުގެ ހާދިސާއާ އެއްގޮތަކަށްވެސް ގުޅުން ނެތް 57 ބިދޭސީއަކުވެސް އެހީއަށް އެދި ހުށައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ފަރާތްތައް ޔޫތު މިނިސްޓްރީގެ އެކަމަޑޭޝަނެއްގައި ބައިތިއްބަމުން ގެންދިޔަ ނަމަވެސް މިހާރު އެ ފަރާތްތައް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

59 ބިދޭސީއަކު މިވަގުތު މިނިސްޓްރީގެ އެހީތެރިކަމާއެކުގައި ޔޫތު އެކަމަޑޭޝަނެއްގައި ބައިތިއްބަމުން ގެންދަވާ ވާހަކަ، އަދި އެ ފަރާތްތައް އަޅުގަނޑުމެން މިއަދު އިމިގްރޭޝަންގެ އެހީތެރިކަމާއެކު ވާނީ އިމިގްރޭޝަނާއި ހަވާލުކުރެވިފައި، އަޅުގަނޑުމެންނަށް އިިމިގްރޭޝަނުން މިއަދު ލިބުނު މައުލޫމާތުގެ އަލީގައި މި ބިދޭސީންނަކީ އެއްގޮތަކަށްވެސް އަލިފާނާއި ގުޅިގެން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް އައި ބައެއް ނޫން ކަމަށް މި މައުލޫމާތު ލިބެނީ،

ހިސާން އިތުރަށް ވިދާޅުވީ، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން މިހާރުވެސް 7 ދުވަހަށް ދަރުބާރުގޭ ދޮށިމޭނާ މާލަން ހިފައި، ރިލީފް އައިޓަމްސް ބެހުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިސާން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން 247 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަވާފައިވާއިރު، އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް