ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 18:32
ފ. އަތޮޅަށް ވާން އުޅޭ ގޮތް ނޭގިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ
ފ. އަތޮޅަށް ވާން އުޅޭ ގޮތް ނޭގިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ
ރާއްޖެ އެމްވީ
ރައްޔިތުން ހާސްކަމުގައި
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
 
ޝައިނީ ވިދާޅުވަނީ މިއީ ސައުދީ ސަރުކާރާވެސް ރަސްގެފާނާވެސް ބެހޭ ކަމެއް ނޫން ކަމަށް
 
ރައީސް ވިދާޅުވަނީ ސަރުކާރަކުން ނުވަތަ ސަރުކާރުގެ އިސްވެރިންތަކެއް ކުރައްވާ ކަމެއް ކަމަށް
 
ސައުދީން ބުނަނީ މިއީ ސައުދީ ސަރުކާރާ ބެހޭ ކަމެއް ނޫނޭ

ފ. އަތޮޅު ސައުދީ އަރަބިއްޔާއަށް ވިއްކާލާ އަޑު މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ ދަނޑިވަޅެއްގައި އެކަމަކީ ސައުދީ ސަރުކާރާ ބެހުމެއް ނެތް ކަމެއްކަން ހާމަކޮށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބަޔާނެއްވަނީ ނެރެފައެވެ.

ހުކުރު ދުވަހު އާއްމުވި މި ބަޔާނުގައި ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ މި ފާއިތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ސައުދީ ސަރުކާރުން ރާއްޖޭގެ ރަށެއް ނުވަތަ އަތޮޅެއް ގަންނަ ވާހަކައާއި މެގަ ޕްރޮޖެކްޓެއް ދިވެހި ރާއްޖޭގައި ސައުދީ ސަރުކާރުން ހިންގަން އުޅޭ ވާހަކަ މީޑިއާގެ އެތައް ރިޕޯޓެއްގައި ވާ ކަމަށެވެ. ސައުދީ އެމްބަސީން ބުނަނީ އެއީ ތެދު ހަގީގަތެއް ނޫނެވެ. ސައުދީގެ ބަޔާނުގައި ބުނެފައިވަނީ އެ ގައުމުގެ ސަރުކާރުން އެފަދަ މެގާ ޕްރޮޖެކްޓަކަށް އިންވެސްޓް ނުކުރާނެ ކަމަށާއި، އަދި ރާއްޖޭގެ ރަށެއް ވިޔަސް، ބިމެއް ވިޔަސް ގަންނަން ނޫޅޭކަމަށެވެ. ކަމުގެ ހަގީގަތް ނުބަލާ އަދި ކަން އޮތް ބެލުމަށް އެމްބަސީގެ ބަހެއް ހޯދުމެއްނެތި އެފަދަ ޚަބަރުތައް ފަތުރާ ކަމީ ހިތާމަ ކުރާ ކަމެއް ކަމުގައި ބުނަމުން ސައުދީ އެމްބަސީގެ ބަޔާން ނިންމާލާފައިވެއެވެ.

މިހާ ހިސާބުން ފ. އަތޮޅުގެ ބިޔަ މަޝްރޫއު ސައުދީ ސަރުކާރާ ގުޅުވައިގެން މީޑިއާގައި ވާހަކަތައް ފެތުރުނު ގޮތާ މެދު ބަލާލަން މަޖުބޫރު ވެއްޖެއެވެ.

ފ. އަތޮޅުގެ މެގަ ޕްރޮޖެކްޓެއްގެ ވާހަކަ މީޑިއާއަށް ރަސްމީ ސިފައެއްގައި ފުރަތަމަ ތިލަވެގެން އައީ ހއ. ހޯރަފުށީގެ ނަރުދަމާ ނިޒާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތައް އެރަށަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގެ ތެރޭންނެވެ. ރައީސް މިވާހަކަފުޅު ދެއްކެވީ 2016 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވިއެވެ.

.... މި މަޝްރޫޢަށް (އައިހެވަން މަޝްރޫއު) ޝައުޤުވެރިކަން ހުށަހަޅާފައި ހުރި ސަރުކާރުތައް އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންނަށް ހުށަހަޅާފައި ހުރި ސަރުކާރުތައް އެބަހުރި. އޭގެތެރެއިން އެއް ސަރުކާރަކީ ހަމަ އެވަރުގެ ބޮޑު އެހެން މަޝްރޫޢެއް ފ. އަތޮޅު ސަރަޙައްދުގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެނިގެންދާނީ، މިއަހަރުގެ ސެޕްޓެންބަރު މަހު ފެށިގެންދާތަން.

ވަރަށް ސާފެވެ. ރައީސްގެ ވާހަކަފުޅުގައި އައިސްފައިވަނީ ސަރުކާރެއްގެ ވާހަކައެވެ. ރައީސްގެ ވާހަކަފުޅަށް ތަކުރާރުކޮށް ބެލުމުންވެސް އަމިއްލަ އިންވެސްޓަރެއްގެ މާނަ ނެގޭނެ ގޮތެއް ވިސްނުމަކަށް ނައެވެ. އަނެއްކޮޅުން މަޝްރޫއު ފެށޭ ތާރީޚަށް ދަންދެން ރައީސް އެވަނީ ވިދާޅުވެފައެވެ. އިންވެސްޓް ކުރާ ފަރާތާއި، އިންވެސްޓްމަންޓުގެ ބޮޑުމިނާއި، ފެށޭ ތާރީޚު އެވަނީ ރައީސް ޔައްޔިތުންނަށް ވިދާޅުވެ ދެއްވާފައެވެ.

އިތުރަށް ބަލާން، ތާރީޚުގެ ތެރެއަށް މާދުރަށް އަނެއްކާވެސް ފީނާކަށް ނުޖެހުނެވެ. ދުވަހަކީ 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހެވެ. އެދުވަހަކީ ރައީސުލް ޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ފ. އަތޮޅު މަގޫދޫއަށް ވަޑައިގެންނެވި ދުވަހެވެ. އެރަށުގެ ބަނަދަރާއި، އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވި ދުވަހެވެ. އެ ރަސްމިއްޔާތުގައި މަގޫދޫގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ރާއީސް ދެއްކެވި ވާހަކަފުޅުގައި އަނެއްކާވެސް ފ. އަތޮޅުގެ މެގަ ޕްރޮޖެކްޓްގެ ވާހަކަ ވިދާޅުވިއެވެ. މިއީ އަތޮޅުގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވާ މި މައުޟޫއާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. ވިދާޅުވި ގޮތައް އެވާހަކަފުޅު ނަކަލް ކޮއްލާނަމެވެ.

ރައީސް ވިދާޅުވިއެވެ.

ފ.އަތޮޅަކީ، އުފާވެރި އަދި ފ.އަތޮޅަކީ، ނަސީބު ރަނގަޅު އަތޮޅެއް ކަމަށް އަޅުގަނޑު ހަމަ މިއަދުވެސް ޖަލްސާގައި ފާހަގަކޮށްލަން ބޭނުން. އެހެން މިދަންނަވާ ސަބަބަކީ، އަޅުގަނޑަށް ހަމަ ޔަޤީން، އަޅުގަނޑު ދަންނަވާލަން އުޅޭ ވާހަކަ، މި ދެ ދާއިރާގެ މެންބަރުންގެ ފަރާތްޕުޅުން ރައްޔިތުންނަށް ކޮންމެވެސްވަރަކަށް މީގެކުރިންވެސް އޮންނާނީ އިވިވަޑައިގެންފައި. މިއަތޮޅަކީ، ސަޢޫދީ ސަރުކާރުގެ ފަރާތުން، ނޫނީވިއްޔާ ސަޢޫދީގައި އިސްކޮށް އެ ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުން، ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް އޮތް އަތޮޅެއް އެބޭފުޅުންގެ ވަރަށްބޮޑު މަޝްރޫޢެއް ފ.އަތޮޅަށް ވަނީ ރާއްވަވާފައި. ހުރިހާ ޗާޓުތަކާއި، ހުރިހާ ކުރެހުންތަކެއްވަނީ ނިންމާފައި އެހެންވީމާ، އަޅުގަނޑުމެން މިދިޔަ އަހަރުވެސް އިންތިޒާރު ކުރަމުން ގެންދިޔައިން، އެ ބޮޑު ބިޔަ މަޝްރޫޢު މި އަތޮޅުގައި ފެށޭތޯ. އަދި މިހާރުވެސް އަޅުގަނޑުމެން އިންތިޒާރު ކުރަމުން މިގެންދަނީ، އެ ބިޔަ ބޮޑު މަޝްރޫޢު، އޭގެ ސަބަބުން އެތަކެއް ސަތޭކަ ވަޒީފާ އުފެދިގެން ގޮސް، މުޅި މި އަތޮޅަކީ، ހަމަ އެންމެ ތަނަވަސް އަތޮޅުކަމަށް ވުމުގެ ފުރުޞަތު އޮތްވަރުގެ ވަރުގަދަ ބިޔަ މަޝްރޫޢެއް، އެ މަޝްރޫޢަކީ. މިއީ ސަރުކާރަކުން ހަމަގައިމުވެސް އަޅުގަނޑުމެންގެ ސަރުކާރަކުން އަޅުގަނޑުމެންގެ ފޯރުންތެރިކަންހުރި މިންވަރަކުން އަޅުގަނޑުމެންނަށް ހިންގޭވަރުގެ މަޝްރޫޢެއް ނޫން. މިއީ ހަމަ މުޅި ދުނިޔެއަށް ހުޅުވައިލެވޭ، މުޅި ދުނިޔޭގެ އެކި ދާއިރާގެ މީހުން ދަތުރުފަތުރުކުރާ މީހުންނާއި އަދި އެނޫން މީހުންވެސް އައިސް، އޭގެ ބޭނުންތައް ހިފޭވަރުގެ، ހަމަ ވަރަށް ނަމޫނާ، ދުނިޔޭގެ ތިން ހަތަރު ދިމާލެއްގައި ކަންނޭނގެ މިކަހަލަ ޓައުންޝިޕެއް، ނޫނީ މިކަހަލަ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް، އެކި ވައްތަރުގެ ޞިނާއަތްތައް ހިމެނޭގޮތަށް ހުރި ތަންތަން، ހަމަ ދެތިން ހަތަރު ތަނެއްކަންނޭނގެ ދުނިޔޭގައިވެސް މިއޮތީ. އެކަހަލަ މަޝްރޫޢެއްގެ ނަމޫނާއަކަށް، ނަކަލަކަށް ބިނާކޮށް، ފ.އަތޮޅަށް ތަރައްޤީގެ މަޝްރޫޢެއް، އެ ބޭފުޅުންގެ ހިތްޕުޅުގެ ތެރޭގައި މިއޮތީ. އަޅުގަނޑުމެންވެސް، ހަމަ މިކަންކަމުގައި އުންމީދު ހެޔޮ. އަޅުގަނޑުމެންވެސް ހަމަ ﷲ އަށް ދުޢާ ދަންނަވަނީ، މިކަންކަން ދިވެހިރާއްޖެއަށް ވެގެންދިޔުން. އަދި މީގެ ސަބަބުން، ފ. އަތޮޅަށް އަޅުގަނޑުމެން ނުދެކޭފަދަ ބޮޑު ތަރައްޤީ އައުން.

ރައީސްގެ މިވާހަކަފުޅުގައިވެސް އިންވެސްޓް ކުރަނީ ސައުދީ ސަރުކާރުން ނުވަތަ ސަރުކާރުގެ އިސް ބޭފުޅުންކަން ދޭހަވެއެވެ. ހޯރަފުށީގައި ދެއްކެވި ވާހަކަފުޅާއި މަގޫދޫގައި ދެއްކެވި ވާހަކަފުޅުގައި އިންވެސްޓަރާ ބެހޭ ގޮތުން މާ ބޮޑު ތަފާތެއް ނެތެވެ.

މަގޫދޫގައި ރައީސް ވިދާޅުވީ، ސައުދީ ސަރުކާރުން ނުވަތަ ސައުދީގައި އިސްކޮށް ތިއްބެވި ބޭފުޅުން ބިޔަ ބޮޑު މަޝްރޫއެއް ހިންގަވަން ހުރިހާ ކުރެހުންތަކާ ޗާޓުތައް ތައްޔާރު ކުރައްވާ ނިމިފައި ހުރި ވާހަކައެވެ. ހުސްވި އަހަރުވެސް މަޝްރޫއު ފެއްޓެވޭތޯ ބެއްލެވި ކަމަށާއި މިހާރު މިއަހަރުތެރޭގައި ފައްޓަވަން އުޅުއްވާ ވާހަކައެވެ.

އޭގެ ފަހުން މި ހިނގަމުންދާ މާޗު މަހުގެ ފުރަތަމަ ދުވަހު ރައީސް މި މައުޟޫއުގައި ދެއްކެވި އެހެން ވާހަކަ ފުޅަކަށް ބަލާލާނަމެވެ. ގެމަނަފުއްޓާ މާމިގިނލިން ޕީޕީއެމް އަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމު ހަވާލު ކުރި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަމަން ވިދާޅުވީ ފ. އަތޮޅު ވިއްކާލާކަށް ސަރުކާރުން ނޫޅޭ ކަމަށެވެ. އެކަމަކު މި މެގާ މަޝްރޫއަކީ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި، މަޝްރޫއުގެ ދަށުން ރިސޯޓްތަކާއި، އެއަރޕޯޓްތަކާއި، މޫދު ކުޅިވަރުގެ ވަސީލަތްތައް ގާއިމްވެގެން ދާނެ ކަމަށާއި، މަޝްރޫއުގެ ސަބަބުން ބޮޑު އިންގިލާބެއް އަންނާނެ ކަމަށެވެ. މަޝްރޫއުގެ މަޝްވަރާތައް ނިމުމުން ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ:

އެންމެ ފަހުން އެ ވިދާޅުވީ މަޝްވަރާތައް ކުރެވުމުން އަންނަ ކަމަށެވެ. ކުރިން އޮތީ ހުރިހާ ކަމެއް ނިމި ފަށާނެ މަސްވެސް ކަނޑައަޅާފައެވެ. ރައީސްގެ ވާހަކަފުޅުވެސް އެކި ފަހަރު އެކި ގޮތަށެވެ. ކަންބޮޑުވަނީ މިހެން ވެގެންނެވެ.

މިކަމުގެ އޮޅުން ބޮޅުން ބޮޑުވި ދަނޑިވަޅު ސައުދީ އެމްބަސީގެ ބަޔާނާ ގުޅިގެން ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތައް ދެ ގައުމުގެ ގުޅުން ގޯސްވެއްޖެ ކަމަށް ބަޔަކު ވާހަކަ ދައްކާ ކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ކެބިނެޓް މިނިސްޓަރު މުހައްމަދު ޝައިނީ އޮންލައިން ނޫސް "އަވަސް" އަށް ކުއްލި އިންޓަވިއު އެއް ދެއްވައިފިއެވެ. އެ ބޭފުޅާގެ މަގްސަދަކީ އޮޅުންތައް ފިލުވާ މިކަން އިތުރަށް ސާފުކޮށްދިނުން ކަމަށް ވެދާނެއެވެ.

މިނިސްޓަރު ޝައިނީއަށް ހަވާލާދީ މާޗު މަހުގެ 3 ވީ ހުކުރު ދުވަހު އަވަސް ނޫހުގައި ރިޕޯޓު ކޮށްފައިވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.

މިނިސްޓަރު ވިދާޅުވީ، ފެށުނީންސުރެ ވެސް ސަރުކާރުން ދައްކަމުން އަންނަ ވާހަކައަކީ ސައުދީ އެމްބަސީގެ ބަޔާނުގައިވެސް ވާހަކަތައް ކަމަށެވެ. ފ. އަތޮޅު މަޝްރޫއަކީ ސައުދީ ސަރުކާރުން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި އެއީ ސައުދީގެ އިންވެސްޓަރުންތަކެއް ޝައުގުވެރިވެފައިވާ މަޝްރޫއެއް ކަމަށެވެ. ސައުދީގެ އިންވެސްޓަރުންތަކެއް ހިންގާ މަޝްރޫއަކީ ސައުދީ ރަސްގެފާނު ނުވަތަ ސައުދީ ސަރުކާރުން ހިންގާ މަޝްރޫއަކަށް ނުވާނެ ކަމަށެވެ.

ރައީސް ހޯރަފުށީގައި ދެއްކެވި ވާހަކަފުޅާއި މަގޫދޫގައި ދެއްކެވި ވާހަކަފުޅުގައި އެ ވިދާޅުވި "ސަރުކާރު" ގެ ވާހަކަ މިހާރު ކޮބާތޯއެވެ؟ ފެށުނީއްސުރެ ރައީސް ދެއްކެވި ވާހަކަފުޅު ޝައިނީ އަޑުއައްސަވާފައެއް ނެތެވެ. މަގޫދޫގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސައުދީ ސަރުކާރު ނުވަތަ ސަރުކާރުގެ އިސްބޭފުޅުންގެ ވާހަކައެވެ. ޝައިނީ ހާމަކޮށްދެއްވުމަށް މިއުޅުއްވަނީ އެއީ ސަރުކާރާ ބެހުމެއް ނެތް އަމިއްލަ އިންވެސްޓަރުންތަކެއްގެ ގޮތުގައެވެ. ދިވެހިން ކަންބޮޑުވާ ސަބަބުތައް މިހުންނަނީއެވެ.

ކަން މިހާސާބަށް އައި އިރު މިއީ އޮޅުން ބޮޅުން ބޮޑު ދިވެހި ރައްޔިތުންނަށް އެމީހުންގެ ގައުމުގެ ބަޔަކަށް ވާން މިއުޅޭ ގޮތް ނޭގެ ކަންބޮޑުވާ ޒާތުގެ ކަމަކަށް ނުވާންވީ ކީއްވެގެންތޯއެވެ؟

މިސުވާލަށް ޖަވާބު ދެއްވާ ރައީސް ވިދާޅުވީ ފ. އަތޮޅުގައި ވާން މިއުޅެނީކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ގަބޫލުކުރަން ދަތި ކަމެއް ނޫން ކަމަށެވެ. އަދި މިއީ އެއްވެސް މީހަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ރައީސް މިހެން ވިދާޅުވިޔަސް ކަންބޮޑުވާނެ ނޫންތޯއެވެ. އަންނަން މިއުޅެނީ، މުޅި ރާއްޖެއަށް އަހަރަކު ލިބޭ ޖުމްލަ އާމްދަނީ އަށް ވުރެ ދެގުނަ ބޮޑު އިންވެސްޓްމަންޓެވެ. ރައީސް ވިދާޅުވާ ގޮތުން އެތައް އެއަރޕޯޓަކާއި އެތައް ރިސޯޓަކާއި، އެތައް، އެތައް، އެތައް ކަމެއް ހިމެނޭ މަޝްރޫއެކެވެ. ސައުދީ ސަރުކާރުންނާއި ދިވެހި ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވަނީ އެއީ ސައުދީ ސަރުކާރާ ބެހުމެއް އޮތް ކަމެއް ނޫނެވެ. ރައީސް ވިދާޅުވެފައިވަނީ ސަރުކާރެއްގެ ވަހަކައެވެ. ނުވަތަ ސަރުކާރުގެ އިސްވެރިންގެ ވާހަކައެވެ. އެބޭފުޅުން ދިވެހިރާއްޖެ ދެކެ ލޯބިފުޅުވާލެއް ބޮޑުކަމުން ވަޑައިގަންނަވާ ވާހަކައެވެ. ޝައިނީ ވިދާޅުވަނީ އެއީ ރަސްގެފާނާ ބެހިވަޑައިގަންނަވާ ކަމެއް ނޫނެވެ. ރައީސް ވިދާޅުވަނީ ސައުދީގެ އިސްބޭފުޅުން ކުރައްވާ ކަމެއްގެ ގޮތުގައެވެ. ޝައިނީ ވިދާޅުވަނީ އެއީ އިންވެސްޓަރުން ތަކެއް ކަމަށެވެ. މިހާރު މިވާ ގޮތުން މިއީ ސައުދީ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އޮތް ކަމަކަށްވެސް ނުވެއެވެ. އަދި މާ ގޯހެވެ. އެހެން ވެއްޖެނަމަ ޑީލުގެ އަނެއްކޮޅުގައި ތިބީ އަމިއްލަ ބައެކެވެ. އަމިއްލަ ބަޔަކާ ސިއްރުން އަނދިރީގައި މިހާ ބޮޑު ޑީލެއް ހަދަމުން މިދަނީ ކީއްވެ ހެއްޔެވެ؟ ރައީސް ވިދާޅުވަނީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަޝްރޫއު ފެށޭނެ ކަމަށެވެ. ޗާޓުތައްވެސް ކުރަހާ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. މިހާރު ވިދާޅުވަނީ، އަދި މަޝްވަރާތައް ދަނީ ކުރިއަށެވެ. މީން ސާފުވާ އެއްޗެއް ނުވާއެއްޗެއް އެނގޭނެ ގޮތެއް ނެތެވެ. ދިވެހިން ކަންބޮޑުވަނީ މިހެން ވެގެންނެވެ.

ވިސްނޭވަރުން އެނގޭ އެއްޗަކީ އެތައް އެއަރޕޯޓެއް އަޅާ އެތައް ރިސޯޓެއް ހަދާން އެންމެ ރަށެއް އެންމެ ފަޅަކުން ނުފުދޭނެ ކަމެވެ. އަނެއް ކޮޅުން އެވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން އެކަން ކުރާ ބަޔަކަށް ވަރަށް ބޮޑު ގެރެންޓީއެއް ލިބިފައި އޮންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެ ބަޔަކަށް ސަރުކާރުން ދީގެން މިއުޅެނީ ކޮންކަހަލަ ޔަގީން ކަމެއް ހެއްޔެވެ؟ މިހާބޮޑު އިންވެސްޓްމަންޓެއް ކުރާނީ އެންމެ އަހަރަކުން ދެތިން އަހަރަކުން އިންވެސްޓްމަންޓް އަނބުރާ ލިބޭނެ ކަމަށް ބަލައިގެންނެއް ނޫނެވެ. އެހެން ވީއިރު އެއީ ކިތައް އަހަރަށް ދޫކުރާ ތަންތަން ހެއްޔެވެ؟ ރައީސް ވިދާޅުވާ ގޮތުން އެއްވެސް ތަނެއް ވިއްކާކަށް ނުޖެހެއެވެ. އަޅުގަނޑުމެން ކަހަލަ މައް ދިވެހިންނަށް ނުވިސްނިގެން މިއުޅެނީ އެވާހަކައެވެ. ޚުދު ރައީސްވެސް ވިދާޅުވެފައިވެއެވެ. 100 މިލިއަން ޑޮލަރު، 500 މިލިއަން ޑޮލަރު ނުވަތަ 10 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓްތައް ހިފައިގެން އިންވެސްޓަރުން ނާންނާނެއެވެ. ރައީސް ވިދާޅުވާ ގޮތުން ގާނޫނީ ހާއްސަ އިމްތިޔާޒުތަކެއް އިންވެސްޓަރުންނަށް ލިބެން ޖެހެނީ އެ ސަބަބާ ހެދި އެވެ. އެ އިމްތިޔާޒު ތަކަކީ ކޮބާތޯއެވެ؟

ކަންބޮޑުވާނެ ނޫންތޯއެވެ. މިއީ ކިހިނެއް، ކޮން ގޮތަކަށް، ކޮންބަޔަކަށް ދީގެން އުޅޭ މަޝްރޫއެއް ކަމެއް ނޭގެއެވެ. ރާއްޖޭގެ ބައިތައް ފޮތި ޖަހާ މީސްމީހުންނާ ސިއްރިއްޔާތުގައި ޑީލްތައް ހެދެމުންދާއިރު، ދިވެހި ރައްޔިތުންނަށް އަމިއްލަ ގައުމަށް އަމިއްލަ އަތޮޅަށް އަމިއްލަ ރަށަށް ވާން މިއުޅޭ ގޮތް ނޭގިގެން ކަންބޮޑުވެގެން ނޫޅޭނަމަ އެއީ މައްސަލައެކެވެ.

ހަގީގަތުގައިވެސް މިއީ ދިވެހިން ވަރަށް، ވަރަށް. ބޮޑަށް ކަންބޮޑުވާނެ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް
11 މާރޗް 2017 | ހޮނިހިރު 21:05
ދިއްދޫ
ފ.އަތޮޅަށް ހަދަން އުޅޭ ގޮތް ފ.އަތޮޅުގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ. މިކަން ނޭނގެނީ ރާއްޖެ ޓީވީ އަށާއި ރާއްޖެ.އެމް. ނިއުސް އަށާއި މިކަމާއި ހަސަދަވެރިވާ މީހުންނަށް. އަދި ޚާއްޞަކޮށް މާލޭ ބޭފުޅުންނަށް. މާލޭ ބޭފުޅުން ރާއްޖެތެރޭ މީހުން ލައްވައި ގުލާނުކޮށް ދެފައިދަމާފައި ނިދަންތިބެ ގޯތި ގެދޮރު ކުއްޔަށްދީ އުޅޭ އުޅުން ނެތިގޮސްދާނެތީ އެކަމާއި ބިރުން މިކަމާއި ދެކޮޅުހަދަނީ ވިއްކައިލާއިރު އޭގައި އަނބުރާ ރައްދުކުރަންޖެހޭ މުއްދަތެއް އޮންނަ ކަމެއް ނޭނގޭ. އަބަދުވެސް ސަރުކާރުންވެސް ސައުދީއިންވެސް ބުނަމުންދަނީ 99 އަހަރަށް ނަގަނީއޭ. ދެން ވިއްކާނަމަ އެގޮތަކަށް ނޯންނާނެ ދެއްތޮ އުމުރު ކަނޑައަޅާފައި. ކޮބައިތޯ ގާސިމާ، ޗަމްޕާ އާއި މައިޒާންގޭ މީހުންނާއި އެމްޔޫ މީހުން މިރާއްޖޭގެ ބިންތަކާއި ރައްތައް ނަގައިގެން އުމުރު ދުވަހު އެތިބެނީ ރައްޔިތުންނަށް ކޮން ފައިދާއެއްތޯ ކުރަނީ. ކޮން ތަރައްޤީއެއްތޯ އަންނަނީ. މިމަޝްރޫޢުއަށް ފ.އަތޮޅުގެ ރައްޔިތުން ލޮލުން ބޮލުން ޤަބޫލު. ވަރިަހަމަ ސައުދީގެ ބަޔަކަށް ފ.އަތޮޅު ހެދިނަމަވެސް ހަމަ ޤަބޫލު. ބޭނުމީ ތަރައްޤީ