ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 14:52
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ކޮމިޓީއަށް
 
ދައުރުން ބޭރުން ދެ ޖަލްސާ މިހާތަނަށް ވަނީ ބާއްވާފަ
 
ބިލް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު
 
އެބިލް ބަލައިގަތުމަށް ވޯޓު ދެއްވީ ހާޒިރުވެވަޑައިގެން ތިއްބެވި 54 މެމްބަރުންގެ ވޯޓުން

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމަށްފަހު ބިލް ދިރާސާކުރުމަށް ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ ހާޒިރުވެވަޑައިގެން ތިއްބެވި 54 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް ހުށައަޅުއްވާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާހު ހުށައަޅައި ދައުރުން ބޭރުން ދެ ޖަލްސާ މިހާތަނަށް ވަނީ ބާއްވާފައެވެ.

ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނީ ކޮމިޓީއިން އެ ބިލް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ކަމަށެވެ.

ދިރާސާ ކޮށް އާންމުންގެ ޚިޔާލަށް ހުޅުވާލައި ކަމާބެހޭ ފަރަތްތަކާ މަޝްވަރާކޮށް ރަނގަޅަށް ފުރިހަމައަށް ކޮމިޓީ މަރުހަލާ ނިމިގެން މެމްބަރުންގެ ކޮމެންޓަށް ކޮމިޓީ ރިޕޯޓް ގޮސް މަޖިލީހުގެ ތަޅުމާއި ހަމައަށް އައިމަ. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަ ދުވަހެއް އޭރުން އަޅުގަނޑުމެން ދަންނަވާލާނަން.

މަރުތަކާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށައަޅާފައިވާއިރު އެބިލްގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށާއި ހަނުހުރުމުގެ ހައްގު ހަނިކޮށްފައިވާ ކަމަށްބުނެ ބުނެ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފުލުހުންނަށް ބޮޑެތި ބާރުތައް ދީފައި ނުވާނެކަމަށާއި ޓެރަރިޒަމްގެ ކުށްތަކަކީ ބޮޑެތި ކުށްތަކަކަށް ވުމުން އެ ބާވަތުގެ ކުށްތައް މުޅިން ހުއްޓުވުމަށް ބައެއް އަސާސީ ހައްގުތައް ހަނިކުރުމަކީ އެއްވެސް ގައުމަކުން ނުކުރާކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ހައްގެއް އާދަޔާ ޚިލާފަށް ހަނިކޮށްފައި ނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
20%
0%
80%
0%
0%
ކޮމެންޓް
23 ސެޕްޓެންބަރ 2019 | ހޯމަ 06:49
އިސްލާހު
ގާނޫނުތައް އިސްލާހުކޮއް ބޮޑަތިބާރުތައް ފުލުހުންނަށާއި ޕީޖީއައްދޫކޮއްލުމުގެކުރިން ވަރައްފުންކޮއް ވިސްނަންޖެހޭ. 1-މުގުރުހިފައިގެން ހަޑިހުތުރުބަހުން ހަޅޭލަވަމުން ނިކަމެތިރައްޔިތުން ފަހާދުވެ އަނިޔާކުރި ފުލުހުން އަދިވެސް ތިބީ ރައްޔިތުންނައްޙިދުމަތްކުރުންމަތީ، 2- ދިވެހިރާއްޖޭގެ ގާނޫނުހަދާމަޖިލީހުގެ އިއްޒަތްތެރިމެންބަރުން ނަގާފާރުމަތިންއުކާލި ސިފައިން އަދިވެސްތިބީ ގައުމީޚިދުމަތުގަ، 3- ނުހައްގުން އެތައްބަޔަކައް ސިޔާސީދައުވާތައްކޮއް، 1 ފެބުރުވަރީގައި ދިވެހިރާއްޖޭގެ އެންމެމަތީކޯޓުންނެރުނު އަމުރުތަންފީޒުކުރުމައް އެއްވެސްކަމެއްނުކޮއްހުރި ޕީޖީ ހުންނެވީ އަދިވެސް ހަމަޚިދުމަތުގަ، 4- 1 ފެބުރުވަރީގައި ނެރުނުއަމުރަކީ ރިސްވަތުނަގައިގެން ނެރުނު އަމުރެއްކަމައްބުނެ، އޭގެތެރެއިން ދެފަނޑިޔާރަކައް އަދަބުލިބިނުއިރު ހަމައެއަމުރުގައި ސޮއިކުރި، އަނެއްތިންފަނޑިޔާރުން އަދިވެސް ހަމައެންމެ މަތީކޯޓުގައި އަމުރުނެރެން އެބަތިބި
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް