ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 14:17
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކުރީ ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް ހާމަ ނުކުރީ ރާއްޖެއަށް ނުރައްކާ ބޮޑުވެދާނެތީ: ޝަރީފް
 
މިއީ މިގޮތަށް ލިސްޓް އާންމުކުރި ފުރަތަމަ ފަހަރު
 
ލިސްޓު އާންމު ކުރައްވަން ނިންމެވީ ޓެރަރިސްޓް ޖަމާއަތްތަކަކީ ކޮބައިކަން ނޭނގި އެފަދަ ޖަމާއަތްތަކުގައި ބައިވެރިވެވުނަސް ނޭނގިދާނެތީ
 
ޓެރަރިޒަމްގެ ގާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހަކީ ގޮންޖެހުންތައް ހުރި އިސްލާހެއް

މިދިޔަ ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް ހާމަ ނުކުރީ ހާމަ ކުރުމުން ރާއްޖެއަށް ލިބޭނެ ފައިދާއަށްވުރެ ލިބޭނެ ގެއްލުން ބޮޑުވެދާނެތީ ކަމަށް ރައްޔިތުންގެ ،މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރު ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ވުޖޫދަށް ގެނައިއިރު އެގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ނަމަވެސް ފަހުން އެ ގާނޫނަށް 2016 ވަނަ އަހަރުގައި ގެނައި އިސްލާހުގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތައް ރައީސް ކަނޑައެޅުއްވި ނަމަވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެ ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އޭރު ޑިފެންސް މިނިސްޓަރަކަށް ވެސް ހުންނެވި ޝަރީފު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހަކީ ގޮންޖެހުންތައް ހުރި އިސްލާހެއް ކަމެއް ކަމަށެވެ. ނަމަވެސް އޭރު ގަބޫލު ކުރެވުނީ ޓެރަރިސްޓް ޖަމާއަތުގެ ލިސްޓު އާންމު ކުރުމަކީ އެޖަމާއަތްތަކުން ޓާގެޓް ކުރެވޭނެ މިންވަރު އިތުރަށް ބޮޑުވެދާނެކަމަށް ބެލެވޭތީ ކަމަށް ވިދާޅުވިއެވެ. އަދި ތަހުގީގު ކުރެވިގެން ދާއިރު ލިސްޓުގައި ނުހިމެނޭ ޓެރަރިސްޓް ޖަމާއަތަކާއި ގުޅިގެން މީހަކު ހަރަކާތެއް ހިންގައިފިކަމަށް ވާނަމަ އެކަމާ ގުޅިގެން އެމީހަކަށް ދައުވާ ކުރުމުގެ ފުރުސަތު ހަނިވެދާނެކަމަށް ބެލެވޭތީ ކަމަށެވެ.

2015 ވަނަ އަހަރު އެކުލަވާލެވުނު ގާނޫނުގައި ޓެރަރިސްޓް ޖަމާއަތުގެ ލިސްޓެއް އާންމު ކުރުމަށް ހުށައެޅުނު ނަމަވެސް އެކަމާއި ގުޅިގެން ސަލާމަތީ ޚިދުމަތް ތަކުން ހައްސާސް މައްސަލަތަކެއް ފާހަގަ ކޮށް އެލިސްޓް އާންމު ކޮށްފި ކަމަށްވާނަމަ އޭގެ ސަބަބުން ވާ ފައިދާއަށް ވުރެ ލިބޭނެ ގެއްލުން ބޮޑުވާނެކަމަށް ނިކުމެދާނެކަމަށް އޭރު އެތަނުގައި ތިއްބެވި ބޭފުޅުން ވިދާޅުވި. އެކަންކަމާއި ގުޅިގެން ފަހުން އެގާނޫނަށް އިސްލާހެއް ގެނެވުނު. ގެނެވުނު އިސްލާހާއި ގުޅިގެން ގޮންޖެހުންތައް ވެސް ހުރި އެހެންނަމަވެސް ބޮޑަށް ގަބޫލުކުރެވުނީ ލިސްޓެއް އާންމު ކުރުމަކީ އެ ޖަމާއަތްތަކުގެ ނުރައްކާ ރާއްޖެއަށް އިތުރަށް ބޮޑުވެދާނެކަމަށް ބެލެވޭތީ. ޓާގެޓް ކުރެވޭނެ ވަރު އިތުރަށް ބޮޑުވެދާނެކަމަށް ބެލެވޭތީ އެ ލިސްޓު އާންމު ކުރުމަށްވުރެ ސިއްރު ކޮށްގެން ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބައްލަވަން ބޭނުންވާނަމަ ބެލޭނެގޮތަށް އޮތުން މުހިއްމު ކަމަށް.

ކުރީ ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް ހާމަ ނުކުރީ ރާއްޖެއަށް ނުރައްކާ ބޮޑުވެދާނެތީ ކަމަށް ޝަރީފު ވިދާޅުވެފައިވާއިރު މި ސަރުކާރުން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކޮށްފައެވެ. ސަތާރަ ޖަމާއަތެއް އާންމު ކޮށްފައިވާއިރު އެ ޖަމާއަތްތައް އިއުލާން ކުރައްވަން ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ލިސްޓު އާންމު ކުރައްވަން ނިންމެވީ ޓެރަރިސްޓް ޖަމާއަތްތަކަކީ ކޮބައިކަން ނޭނގި އެފަދަ ޖަމާއަތްތަކުގައި ބައިވެރިވެވުނަސް އެކަން އާންމުންނަށް ނޭނގިދާނެތީ ކަމަށެވެ. އަދި އެއީ ކޮންމެ ރައްޔިތަކަށް ވެސް އެނގެން ޖެހޭ މައުލޫމާތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް މި ސަރުކާރުން އިސްލާހު ހުށައެޅިއިރު އެ ގާނޫނުގެ 18 ވަނަ މާއްދާއަށް ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަދަލު ގެނައުމަށް ހުށައަޅާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
25%
0%
75%
0%
0%
ކޮމެންޓް
22 ސެޕްޓެންބަރ 2019 | އާދީއްތަ 22:48
ނައިބުތުއްތު
އެހެންވީމަ މި ސަރުކާރުން ތިޖަމާއަތްތަކުގެ ނަންތައް ހާމަކުރީމަދޯ އަލި ފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން ނިދިޔައީ..... އަހަންނަށްވެސް ޝައްކުއެބައު ފެދޭ، ހަމަ މިދުވަސްކޮޅު އަނދިރި ދައުލަތެއްގެ ވާހަކަވެސް ވައިގަ ހިފާގެންދިޔައީ ، މަ ގަބޫލުކުރަނީ ތީގެން ޖަމާއަތަކުން ތިޔަގުދަނުގަ ބޮމެއް ގޮއްވާލީކަމަށް....
22 ސެޕްޓެންބަރ 2019 | އާދީއްތަ 16:55
ލލ
*ނިރުބަވެރި އަމަލު ހުއްޓުވާ ޤާނޫނު" ނޫސްވެރިންވެސް ދިވެހި ބަހަށް އަހުލުވެރިވެ ބަލަ !