ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 09:47
ލަނޑަށް ފަހު ގްރެނާޑާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ލަނޑަށް ފަހު ގްރެނާޑާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ވަރުގަދަ ބާސެލޯނާ ބަލިކޮށް ގްރެނާޑާ އިން ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި
 
މި މެޗުން ގްރެނާޑާ މޮޅުވީ 2-0 ގެ ނަތީޖާ އަކުން

ސްޕެނިޝް ލަލީގާގައި ގްރެނާޑާއިން ވަރުގަދަ ބާސެލޯނާ ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގްރެނާޑާގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިއީ އަނީޔާއަށް ފަހު ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ލަލީގާގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ދެވަނަ މިނެޓުގައި ގްރެނާޑާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޯމަން އަޒީޒްއެވެ.

މި ލަނޑަށްފަހު ބާސެލޯނާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ގްރެނާޑާގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ބާސެލޯނާއަށް ގްރެނާޑާގެ ވަރުގަދަ ޑިފެންސް ފޫއަޅުވައިލައި ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ގްރެނާޑާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށް ގްރެނާޑާގެ ހާފަށް ބާރުބޮޑު ކުރި ނަމަވެސް އެޓީމަށް ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ގްރެނާޑާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ގްރެނާޑާ އަށް ކާމިޔާބުކޮށްދިނީ އަލްވާރޯ ވެޑިލޯއެވެ.

މި ނަތީޖާއާއެކު ގްރެނާޑާ 10 ޕޮއިންޓާއެކު ގްރެނާޑާ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ފައިދާ ގޯލުން ކުރި ލިބޭތީއެވެ. ލީގު ތާވަލުގެ ދެވަނަ އަދި ތިންވަނައިގައި އޮތް ސެވިއްޔާ އަށާއި އެތްލެޓިކޯއަށް ވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ. މެޗުން ބަލިވި ބާސެލޯނާ އޮތީ ހަތް ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތް ވަނައިގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް