ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 09:53
ލުކާކޫ ލަނޑު ޖެހުމަށްފަހު އުފާ ފާލު ކުރަނީ
ލުކާކޫ ލަނޑު ޖެހުމަށްފަހު އުފާ ފާލު ކުރަނީ
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އިޓާލިއަން ލީގު: ލުކާކޫގެ ލަނޑުން މިލާން ޑާރބީ އިންޓަރ މިލާނުން ކާމިޔާބުކޮށްފި
 
މި މެޗު އިންޓަރ މިލާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުން

އިޓާލިއަން ލީގުގައި އިންޓަރ މިލާން އަދި އޭސީ މިލާން ބައްދަލުކުރި މެޗު އިންޓަރ މިލާނުން ކާމިޔާބުކޮށްފިއެވެ.

މި މެޗު އިންޓަރ މިލާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އިންޓަރ މިލާނުގެ ލުކާކޫއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޓަރ މިލާނު ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އަވަސް ކުޅުމެކެވެ. މެޗުގައި އިންޓަރ މިލާނުންޖެހި ފުރަތަމަ ގޯލު މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިންޓަރ މިލާނުގެ މާރސެލޯ ބްރޯޒޮވިޗްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ސެޓެފަނީގެ އެހީތެރިކަމާއެކުގައެވެ.

މި ލަނޑަށްފަހު ވެސް އިންޓަރ މިލާން ކުޅުންތެރިން ވަނީ އޭސީ މިލާނުގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް އިންޓަރ އިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އޭސީ މިލާނުގެ ގޯލު ކީޕަރެވެ.

އިންޓަރ މިލާނުން ވަނީ މެޗުގެ 78 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު ކުޅުންތެރިޔާ ލުކާކޫއެވެ.

މި މޮޅާއެކު ލިބުނު 12 ޕޮއިންޓާއެކު އިންޓަރ މިލާނުން ވަނީ ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފައެވެ. ލީގުގެ ދެވަނައިގައި ޔުވެންޓަސް އޮތީ 10 ޕޮއިންޓާއެކުގައެވެ. އަދި މި މެޗުން ބަލިވި އޭސީ މިލާން އޮތީ ހަ ޕޮއިންޓާއެކު ލީގު ތާވަލުގެ ނުވަ ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް