ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 10:02
މި ވެކްސިން ތައާރަފް ކުރެވޭނީ ކޮން އިރަކު ކަމެއް އަދި ބުނެފައެއް ނެތް
މި ވެކްސިން ތައާރަފް ކުރެވޭނީ ކޮން އިރަކު ކަމެއް އަދި ބުނެފައެއް ނެތް
އެންސީބީ ނިއުސް
އެބޯލާ
އެބޯލާއަށް ދެވެނަ ވެކްސިނެއް އުފައްދަނީ
 
އެބޯލާ ވެކްސިން 225،000 އަށް ވުރެ ގިނަ މީޙުންނަށް ވަނީ ޖަހާފަ
 
ފުރަތަމަ ވެކްސިން އުފައްދާފައިވަނީ މަރކްސް އިން
 
ވެކްސިން އުފައްދަނީ ޖޯންސަން އެންޑް ޖޯންސަން އިން

އެބޯލާއަށް ދެވެނަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ސިއްހަތާބެހޭ އިދާރާއިން ވަނީ އެބޯލާއަށް ދެވެނަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

މި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ ޖޯންސަން އެންޑް ޖޯންސަން ގެ ފަރާތުންނެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށިފައި ވީނަމަވެސް ވެކްސިން ތައާރަފް ކުރެވިގެން ދާނީ ކޮން އިރަކުން ކަމެއް އެފަރާތަކުން ނުބުނެއެވެ.

އެބޯލާގެ ފުރަތަމަ ވެކްސިން އުފައްދާފައި ވަނީ މަރކްސް އިންނެވެ. މި ވެކްސިން ވަނީ 225،000 އަށް ވުރެ ގިނަ މީހުންނަށް ޖަހާފައެވެ.

ޑީ.އާރް.ސީ ގައި ފެތުރެމުންދާ އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމުގެ ސިއްހީ އެހީތެރިންނާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އދ ގެ އެހެން ޖަމިއްޔާތަކާއި އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް، އިންޓަނޭޝަނަލް އޮފިސް އޮފް މައިގްރޭޝަން އަދި އެހެނިހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެކި ގައުމުތަކުގެ ކަމާބެހޭ މާހިރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް