ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 19:45
އެމެރިކާއިނ ވަނީ ހުކުރު ދުވަހު އިރާނާއި ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާފަ
އެމެރިކާއިނ ވަނީ ހުކުރު ދުވަހު އިރާނާއި ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާފަ
އެރަބް ނިއުސް
އެމެރިކާ-އިރާނު
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ އާންމުންނަށް ދަތިކުރަން
 
އިރާނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އަޅަމުން ދާ ފިޔަވަޅު ތަކަކީ އެއް ގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން
 
އެމެރިކާއިން އިރާނަށް އަޅަމުން އަންނަ ދަތިކުރުމުގެ ފިޔަވަޅުތަަށް ވަނީ ފެއިލް ވެފަ
 
އެމެރިކާއިން އަޅާފއިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ކާބޯތަކެއްޗާއި ބޭސްފަރުވާއަށް

އެމެރިކާއިން އިރާނުގެ ސެންޓްރަލް ބޭންކާއި ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އިރާނުގެ އާންމު ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ލިބުމަށް ދަތި ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމުގައި އިރާނުގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒާރިފް ވިދާޅުވީ، އެންމެ ފަހުން އެމެރިކާއިން މި އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އެމެރިކާ އޮތީ ގޮތް ހުސްވެފައިކަން އެގިގެން ދާކަމުގައެވެ. އަދި އެކިފަހަރު މަތިން އެއްތަނަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ދާތީވެ އެމެރިކާގެ ފިޔަވަޅުތަަށް ފެއިލްވެފައިވާކަން ފާހަގަވެގެން ގޮސްފިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް މި ފިޔަވަޅުތައް އިރާނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އަޅަމުން ދިއުމަކީ އެއް ގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައި މިނިސްޓރަ ވިދާޅުވިއެވެ.

އެމެރިކާގެ ނިއުޔޯކްގައި އަންނަ ހަފްތާ އޮންނަ އދގެ އާންމު ބައްދަލުވުމަށްފަހު، 2015 ވަނަ އަހަރު ސޮއި ކުރެވިގެން ދިޔަ ނިއުކްލިއަރ ހަތިޔާރުގެ އެއްބަސްވުމުގައި ސޮއި ކުރި ގަމުތަކުގެ ފޮރިން މިނިސްޓަރުންނާއި ބައްދަލު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ޒާރިފް ވިދާޅުވިއެވެ. މިނިސްޓރ ވިދާޅުވީ، އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނާއި ރަޝިއާ އަދި ޗައިނާއިން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވާކަމުގައެވެ. އަދި މި ބައްދަލު ވުމަށް އެމެރިކާއަށް ހާޒިރުވެވޭނީ އެއްބަސްވުމުގެ ދަށަށް އެމެރިކާ އަނބުރާ އައިސް އިރާނާއި ދެކޮޅަށް ފަށައިފައިވާ އިގްތިސާދީ ހަނގުރާމަ ނިމުމަކަށް ގެނައުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒާރިފް އިތުރަށް ވިދާޅުވީ، މިހާރު ދުނިޔޭގައި އެމެރިކާ ނޫނަސް އިގްތިސާދީ ބާރުތައް އެބަހުރިކަމަށް އެމެރިކާއިން ދަންނަން ވެއްޖެ ކަމަށެވެ. އަދި އިރާނުގެ މާކެޓުން ފައިދާ ކުރާނެ ކިތައްމެ ގައުމެއް އެބަ ހުރިކަމަށް އެނޭ ވިދާޅުވިއެވެ.

އެމެރިކާއިން ވަނީ ހުކުރު ދުވަހު އިރާނުގެ ސެންޓްރަލް ބޭންކާއި ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާފައެވެ. އެމެރިކާއިން ބުނަނީ ސައުދީގެ ތެޔޮ ފެކްޓްރީތަކަށް ހަމަލާދިނީ އިރާނުން ކަމަށާއި މި ފިޔަވަޅުތަކަކީ އެކަމާ ވިދިގެން އަޅާ ފިޔަވަޅުތަކެއް ކަމުގައެވެ. އެހެން ނަމަވެސް އިރާނުން ވަނީ އެ ހަމަލާތައް ދިނީ އިރާނުން ނޫންކަމަށް ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
25%
75%
0%
0%
0%
ކޮމެންޓް