ކ. މާލެ
|
11 މާރޗް 2017 | ހޮނިހިރު 16:58
ޕިރަމިޑް ޕްރޮމޯޝަން
ޕިރަމިޑް ޕްރޮމޯޝަން
ރާއްޖެއެމްވީ
ޕިރަމިޑް ޕްރޮމޯޝަން
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
 
ޕިރަމިޑްގެ ޕްރޮމޯޝަން މިމަހުގެ 18 އަށް ކުރިއަށްދާނެ
 
ސާޕްލިން ހަރަކާތް ކުރިއަށް ގެންދަނީ ދެ ދުވަހަށް

ޕިރަމިޑުން ކޭކް އަދި ވެފަރ ސާމްޕްލިން ހަރަކާތެއް ފަށައިފި އެވެ.

ޕިރަމިޑްގެ މާކެޓިން މެނޭޖަރ މުހައްމަދު ސޮބާހު ވިދާޅުވީ، ޕިރަމިޑުން ކޭކް އަދި ވެފަރ އަށް ޚާއްސަ ޕްރޮމޯޝަން އިވެންޓެއް ފަށާފައިވާ އިރު މި ޕްރޮމޯޝަން ކުރިއަށް ދަނީ މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

" މިފަދަ ކޭކް އަދި ވެފަރ ސާމްޕްލިން ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ، ގިނަ ފަރާތްތަކަކަށް މި ރަހަތައް ދައްކާލުން" ސޮބާހު ވިދާޅުވި އެވެ.

މި ސާމްޕްލިން ހަރާތުގައި ޕިރަމިޑުން މާކެޓް ކުރަނީ މެލޭޝިއާގެ ބްރޭޑެއް ކަމުގައިވާ، "މިއުޒިކް" އާއި ސްރީލަންކާގެ ބްރޭންޑެއް ކަމުގައިވާ "ޓިއަރާ" އެވެ.

މިހަރަކާތުގެ ތެރެއިން މި ދެ ބްރޭންޑްގެ ތަފާތު ބާވަތްތަކުގެ ކޭކް އަދި ވެފަރތައް ލިބިގެންދާނެ އެވެ.

ޕިރަމިޑަކީ، ކޭކް އަދި ވެފަރގެ ތަފާތު ބާވަތްތައް ހޯލްސޭލްކޮށް ވިއްކާ ކުންފުންޏެކެވެ. އެސްޓީއޯ ސުޕަމާޓުގައި ކުރިއަށްދާ މި ހަރަކާތުގެ ތެރެއިން ކޭކް ޓޭސްޓް ކުރުމުގެ ފުރުސަތު މަރޗު 11 އާއި 12 ވަނަ ދުވަހު ލިބޭނެ ކަމަށް ޕިރަމިޑުން ބުނެ އެވެ.

މި ޚާއްސަ ޕްރޮމޯޝަންގެ ތެރެއިން މި ބާވަތްތައް ޚާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް