ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 05:14
މާލޭގެ މަގުމަތި ފެންބޮޑުވުން
މާލޭގެ މަގުމަތި ފެންބޮޑުވުން
އެމްވީކްރައިސިސް
މޫސުން
މާލެ ފެނު އަޑީގައި، އެމްއެންޑީޢެފް އިން ފެން ހިއްކުމުގެ މަަސައްކަތް ކުރަނީ
 
މާފަންނު ގެޔެއްގައި ފެންބޮޑުވެފައިވޭ
 
އޭޑީކޭ ހޮސްޕިޓަލްގައި ފެންބޮޑުވެފައިވޭ

މާލެއަށް ބޯކޮށް ވާރެ ވެހި، މަގުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

ފެން ޕަމްފު ބޭނުން ކޮށްގެން އައިޖީއެމްއެޗުގައި ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނަ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލްގައި ފެންބޮޑުވެފައިވާއިރު އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ކައިރީވެސް ވަނީ ފެން ބޮޑުވެފައެވެ. އަދި މާފަންނު ގެޔެއްގައި ފެންބޮޑުވެފައި ވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެފައިވާއިރު ޅ ހިންނަވަރަށް ވެސް ބޯކޮށް ވާރޭ ވެހި ވަނީ ފެން ބޮޑުވެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ހއ. އަތޮޅުން މ. އަތޮޅަށް މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައެވެ. އެގޮތުން ވައިޓް އެލާރޓް ނެރެފައިވަނީ މެންދަމު 03:00 އަކުން ހެނދުނު 08:00 އަށެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
6%
12%
65%
6%
6%
6%
ކޮމެންޓް