ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 04:39
އަލިފާންގަނޑި ނިއްވުމަށް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުން ދިޔަ
އަލިފާންގަނޑި ނިއްވުމަށް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުން ދިޔަ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
ގިނަ އިރުތަކެއްގެ ބުރަ މަސައްކަތަށްފަހު އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
 
މިއީ މިހާތަނަށް ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާ
 
ކެމިކަލް ހުރި 4 ގުދަނެއްގައި ރޯވި
 
އެންމެ ފުރަތަމަ އަލިފާން ރޯވީ، އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި

ހ. ތިލަފުށިގޭގައި ހުރި ގުދަނެއްގައި ރޯވެ، ފެތުރުނު ބޮޑު އަލިފާންގަނޑު ކޮންޓްރޯލްކޮށްފި އެވެ.

ގިނަ ގަޑިއިރުތަކެއްގެ ބުރަ މަސައްކަތަށްފަހު އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާކަމަށެވެ.

ހ. އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ، އަދި ގުދަނުގައި އަލިފާން ރޯވެފައިވާއިރު މިހާދިސާގައި ވަނީ އެއްފަރާތެއް ނިޔާވެފައެވެ. ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަމައެކަނި ނިޔާވީ އައިޝަތު ޝައުނާ އެވެ. އެ ހާދިސާގައި އެހެން މީހުން ވަނީ ސަލާމަތްކުރެވިފަ އެވެ.

އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ، އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެ އަލިފާންގަނޑު އެ ގޭގެ ފަހަތުގައި ހުރި ބައެއް ގޭގެއަށް ފެތުރުނު އިރު އެ ގޭގެ ކުރިމަތިން އަބަދަށްފެހި މަގުގައި ހުރި އެހެން ގެއެއްގައި ވެސް ރޯވެ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާންގަނޑު އެހާ ބޮޑަށް ފެތުރެން މެދުވެރިވި ސަބަބަކީ 4 ގުދަނެއްގައި ރޯވުމެވެ. އަދި އެ 4 ގުދާނުގައިވެސް ހުރީ އަލިފާން ހިފާ ބާވަތްތަކުގެ ކެމިކަލްތަކެއްކަމަށެވެ. މި ހާދިސާގައި 7 އިމާރަތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި ހާދިސާގައި 200 އަށްވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފައިވެއެވެ. އެ މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދިނީ ކަލާފާނު ސުކޫލްގަ އެވެ. މިއީ މާލޭގައި މިފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް